ބީއެމްއެލްގެ ލޯނަށް އެދުމަށާއި އެކައުންޓް ހުޅުވަން ހާއްސަ ސެންޓަރެއް ހުޅުވައިފި


ބީއެމްއެލްއިން މިއަދު ހުޅުވީ އަމިއްލަ ފަރުދުންގެ އެކައުންޓް ހުޅުވުމަށާއި ލޯނަށް އެދި ހުށަހަޅަން ހާއްސަ ސެންޓަރެއް– ފޮޓޯ/ބީއެމްއެލް

ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އަމީނީ މަގު މާލޭ ސްކެއަރ ގައި ހުންނަ ބީއެމްއެލްގެ ކަސްޓަމަރ ސަރވިސް ސެންޓަރ ގެ ފުރަތަމަ ފަންގިފިލާގައި އެކައުންޓް އޯޕެނިންގ އަދި ލޯން ސެންޓަރ އެއް މިއަދު ހުޅުވައިފިއެވެ.

މި ސެންޓަރަކީ އަމިއްލަ ފަރުދުންނަށް ހިދުމަތް ދިނުމަށް ހާއްސަކޮށްފައިވާ ސެންޓަރެކެވެ. މި ސެންޓަރު ހުންނަނީ މާލޭ ސްކުއާގައި ހުންނަ ބީއެމްއެލްގެ ކަސްޓަމާ ސާވިސް ސެންޓަރުގެ ފުރަތަމަ ބުރީގަ އެވެ. އަމިއްލަ ފަރުދުންނަށް، އެކައުންޓް ހުޅުވުމާއި ފާސަނަލް ލޯނާއި ހައުސިން ލޯނަށް މިތަނުން ހުށަހެޅޭނެ އެވެ. މި ސެންޓާރުން ހިދުމަތް ދޭނީ ކޮންމެ ދުވަހަކު ވެސް ހެނދުނު 8:30 އިން މެންދުރުފަހު 3:00 އަށެވެ.

ބީއެމްއެލް އިން ބުނީ މި ސެންޓަރ މެދުވެރިކޮށް އަމިއްލަ ފަރުދުންނަށް އެކައުންޓް ހުޅުވުމާއި، ޕަރސަނަލް ލޯނާއި ހައުސިންގ ލޯނަށް އެދި ހުށަހެޅޭނެއެވެ. ކަސްޓަމަރުންގެ ލުއި ފަސޭހަކަމާއެކު ކިއުގައި މަޑުކުރަންޖެހޭ ވަގުތު މަދުކުރުމަށްޓަކައި، އެކައުންޓް ހުޅުވުމާއި ލޯނަށް އެދި ހުށަހެޅުމަށް ކަސްޓަމަރުން ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރ ގެ ފޯނު ނަންބަރު 3330200 އަށް ގުޅުއްވުމުން އެޕޮއިންޓްމަންޓް ހަމަޖައްސައިދެވޭނެ ކަމަށެވެ.

ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު ޓިމޮތީ ސޯޔާ ވިދާޅުވީ މި ސެންޓަރުން ކަސްޓަމަރުންނަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޓިމް ސޯޔާ– ފޮޓޯ/ބީއެމްއެލް

“މިވޭތުވެދިޔަ އަހަރުތަކުގައި ބޭންކުން ވަނީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ގިނަގުނަ އިންވެސްޓްމަންޓްތަކެއްކޮށްފަ. އަލަށް މި ހުޅުވިގެންދިޔަ ޒަމާނީ ސެންޓަރގައި ކަސްޓަމަރުންނަށް އެހީތެރިވުމަށް ހާއްސަ ޓީމެއް މަސައްކަތްކުރަމުންދާނެ. އަދި މިސެންޓަރުން ކަސްޓަމަރުން ބޭނުންވާނެ ފަދަ ފުރިހަމަ ހިދުމަތެއް ލިބިގެންދާނެ.”

މި ސެންޓަރ މެދުވެރިކޮށް އަމިއްލަ ފަރުދުންނަށް އަލަށް އެކައުންޓް ހުޅުވުމާއި ލޯނަށް އެދި ހުށަހެޅޭނެއެވެ. ކާޑަށް އެދި ހުށަހެޅުމާއި، އިންޓަރނެޓް ބޭންކިންގ އާއި އިންޓަނޭޝަނަލް ޓްރާންސްފަރ ޚިދުމަތާއި ފައިސާގެ މުޢާމަލާތް ހިމެނޭ ހުރިހާ ޚިދުމަތެއް ލިބެމުންދާނީ މެއިން ބްރާންޗް އިންނެވެ. ސްޓޭޓްމަންޓް އަށް އެދި ހުށަހެޅުމާއި، ޗެކް ފޮތާއި ކާޑު ދޫކުރުމުގެ ޚިދުމަތް ލިބެގެންދާނީ ކަސްޓަމަރ ސަރވިސް ސެންޓަރ އިންނެވެ. ފައިސާގެ މުޢާމަލާތްތައް ފިޔަވައި ވިޔަފާރިތަކުން ބޭނުންވާ އެހެން ހުރިހާ ޚިދުމަތެއް ދެމުންދާނީ ބީއެމްއެލް ބިޒްނަސް ސެންޓަރ އިންނެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 51  ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.