ދަތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ދަރަވަންދުއަށް

ބ. ދަރަވަންދޫ މަންޖިމާ ޑައިގްނޯސްޓިކް ހެލްތު ސެންޓަރ ފޮޓޯ- މަންޖިމާ ކްލިނިކް
ބ. ދަރަވަންދޫ މަންޖިމާ ޑައިގްނޯސްޓިކް ހެލްތު ސެންޓަރ ފޮޓޯ- މަންޖިމާ ކްލިނިކް

 

ދަތުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް ދަރަވަންދޫ “މަނޖިމާ ޑައިގްނޯސްޓިކް ހެލްތު ސެންޓަރ” ގައި ބަލިމީހުންނަށް ބަލަން ހަމަޖެހިފައިވާ ކަމަށް އެ ކްލިނިކުން ބުނެފި އެވެ.

މަންޖިމާ ޑައިގްނޯސްޓިކް ހެލްތު ސެންޓަރުގެ އޮފިޝަލަކު ވިދާޅުވީ އިންޑިޔާގެ ޓްރިވެންޑްރަމްގެ މަޝްހޫރު ޑރ. ބިޖޫ ޖޯން މި މަހުގެ 27 އިން 30 އަށް އެ ކުލިނިކުގައި ބަލިމީހުން ބައްލަވާނެ ކަމަށެވެ.

އެ ކްލިނިކުން ބުނީ މިއީ ބޮޑު ޚަރަދު ނުކޮށް ގާތުން ރައްޔިތުންނަށް ލުއިފަސާކަމާއި އެކު އިންޑީއާގެ މަސްޙޫރު ޑޮކްޓަރުންނަށް ދައްކައި ފަރުވާ ލިބިގަތުމުގެ ފުރުޞަތު ހޯއްދަވައި ދެއްވުމުގެ ގޮތުން އެ ކްލިނިކުން ފައްޓަވާފައިވާ މަސައްކަތެއްކަމަށެވެ. އަދި ކުރިމަގުގައި ވެސް އެފަދަ ތަފާތު ބަލިތަކުގެ ޚާއްސަ ޑޮކްޓަރުންގެ ޚިދުމަތް އެ ކުލިނިކުން ދިނުމަށް މަސައްކަތް ކުރާނެ ކަމަށް އެ ކްލިނިކުން ބުނެއެވެ.

މަންޖިމާ ޑައިގްނޯސްޓިކް ހެލްތު ސެންޓަރުން ލިބޭ ފަރުވާތަކުގެ ތެރޭގައި ނާސަލް އެންޑޯސް ކޮޕީ، ސައިނަސް، ބޮލުގައި ރިހުން، ނޭފަތުން ނުބައިވަސް ދުވުން، ކަރުތެރޭގައި ނުބައިރަހަލުން، ބޯ އެނބުރުން، ކަރުގައި ރިހުން، ވަސްނުދުވުން، އަވެސް އަވަހަށް ރޯގާ ޖެހުން، ކަންފަތައް އަޑުއިވުމުގެ މައްސަލަތައް އަދިވެސް ކަންފަތުން އެއްޗިހި އައުން ގަދައަށް ގުގުރި ދެމުން ފަދަ ބަލިތައް ހިމެނެއެވެ.

އިތުރު މައުލާމާތައި އެ ޕޮއިންޓްމެންޓު ހެދުމަށް ގުޅާނީ 7856070 އަދި 7694595 އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.