މާރެސް ވޮލީބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފި

1235471_656972480990616_1282020985_n

ބ. މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރަމަންޓް ސޮސައިޓީ (މާރެސް) އިން ކޮންމެ އަހަރެއްގެ ބޮޑު އީދަށް ދިމާކޮށް އެރަށުގައި ބާއްވާ ވޮލީބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފި އެވެ.

މާރެސް އިން ބުނީ މިފަހަރުގެ މުބާރާތުގައި ވާދަކުރަނީ ވޭތުވެދިޔަ އަހަރު ގެ ޗެމްޕިއަން އަނަންތަރަ ރިސޯޓްގެ ކިހަވައް ވޮރިއާސް އާއި 2013 ވަނައަހަރުގެ ޗެމްޕިއަން ފުޅަފިޓީމުގެ އިތުރުން ކަށިބިންދި، ރޯޔަލް އައިލެންޑް ރިސޯޓުގެ ޓީމްރޯޔަލް ގެ އިތުރުން ޓީމު ފިނިފެންމާ އެވެ.

މުބާރާތް ހުޅުވާ މެޗުގައި ވާދަ ކުރާނީ 2012 ވަނަ އަހަރުގެ ޗެމްޕިއަން ފުޅަފި ޓީމާ ކަށިބިންދި އެވެ.

މިމުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު 2012 ވަނައަހަރުން ފެށިގެން  ބ. އަތޮޅުގެ ރަށްރަށަށާއި ރިސޯޓުތަކަށް އަންނަނީ ދެމުންނެވެ. އެގޮތުން ވޭތުވެދިޔައަހަރު އަނަންތަރަ ރިސޯޓުގެ އިތުރުން ސޮނެވާފުއްޓާއި ދުސިތުތާނީ ވަނީ  ބައިވެރިވެފަ އެވެ.

މި މުބާރާތަކީ ރާއްޖޭ ގައުމީޓީމުގެ ގިނަކުޅުންތެރިންވެސް ފެނިގެންދާ މުބާރާތެކެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި ކުޅެފައިވާ މަސްހޫރު ކުޅުންތެރިންގެ ތެރޭގައި ލޯންގޭ، ބަޓިސް، ކޮނެކާ، ފަލާހް، އަދި އެމް އެންޑީއެފް ޓީމުގެ ގިނަ ކުޅުންތެރިންނާއި ސްރީލަންކާގެ މޮޅެތި ކުޅުންތެރިން ކުޅެފައިވެ އެވެ.

މާރެސް އިން ބުނީ މިއަހަރުގެ މުބާރާތުގައި ވެސް ގައުމީޓީމުގެ ކުޅުންތެރިންނާއި ރާއްޖޭގެ މަސްހޫރު އެތައް ކުޅުންތެރިންނެއްގެ އިތުރުން ބޭރުގެ މޮޅެތި ކުޅުންތެރިންގެ ކުޅުން ފެނިގެންދާނެ ކަމަށެވެ. މުބާރާތް ކުރިއަށްދާނީ އޮކްޓޯބަރު 3ން 7 އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.