“ދިރާގު އީދު ޝޯ” މިފަހަރު އަޟްހާ އީދުގައި

"ފަސީ ލައިވް" އިން ކާނިވަލުގެ ސްޓޭޖުގައި ޝޯއެއް ހުށަހަޅަނީ
“ފަސީ ލައިވް” އިން ކާނިވަލުގެ ސްޓޭޖުގައި ޝޯއެއް ހުށަހަޅަނީ

ކުޑަ އީދު ބަންދުގައި ބާއްވަން އުޅުނު މި އަހަރުގެ “ދިރާގު އީދު ޝޯ” އަޟްހާ އީދުގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ދިރާގުގެ މާކެޓިން އެންޑް ސޭލްސް މެނޭޖަރު އިމްޖާދު ޖަލީލު ވިދާޅުވީ ވަޅު އީދު ދުވަހުގެ ރޭ 9:00ގައި ރާޅުގަނޑު ސަރަހައްދުގައި ބާއްވާ އެ ޝޯގައި ރާއްޖޭގެ ޒުވާން މަޝްހޫރު ފަސް ބޭންޑެއް ބައިވެރިވާނެ ކަމަށާއި އެ ޝޯ ޓީވީއެމް އިން ލައިވްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިމްޖާދު ވިދާޅުވީ ކުޑަ އީދުގައި އެ ޝޯ ނުބޭއްވުނީ ފަލަސްތީނު މުސްލިމު ރައްޔިތުންނަށް ލިބެމުން ދިޔަ އަނިޔާތަކުގައި ބައިވެރިވެ ހިތާމަ ފާޅުކުރުމުގައި ބައިވެރިވުމުގެ ގޮތުން ކަމަށެވެ. ނަމަވެސް މިހާރު އެ މައްސަލަ ހައްލުވެ އާއްމު ހާލަތަކަށް އެ ގައުމުގެ ރައްޔިތުން ރުޒޫއަ ވެފައި ވާތީ އާއި ޒުވާނުންގެ އެދުމުގެ މަތިން އަލުން ޝޯ ބާއްވަން ނިންމީ ކަމަށް ވެސް އިމްޖާދު ވިދާޅުވި އެވެ.

ދިރާގު އީދު ޝޯ އަކީ ރާއްޖޭގެ ޒުވާން މިއުޒިކީ ފަންނާނުން ނަށް އެ މީހުންގެ ޓެލެންޓް ދައްކާލާނެ ޕްލެޓްފޯމެއް ގާއިމުކޮށް ދިނުމުގެ ގޮތުން 2011 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެންމެ ބޮޑޫ އެއް މިއުޒިކް ޝޯ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.