ގޮއިދޫގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވައިފި

އެސްޓީއޯ އިން އަތޮޅުތެރޭ ރަށެއްގައި ހުޅުވާފައިވާ ފާމަސީއެއް
އެސްޓީއޯ އިން އަތޮޅުތެރޭ ރަށެއްގައި ހުޅުވާފައިވާ ފާމަސީއެއް

 

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ ފާމަސީއެއް ގާއިމުކުރުމަށް އެސްޓީއޯ އާއި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ބ. ގޮއިދޫގައި ވެސް އެ ކުންފުނީގެ ބޭސް ފިހާރައެއް ހުޅުވައިފި އެވެ.

އެސްޓީއޯ އިން ބުނީ ގާދިއްފުށީގައިމިއަތޮޅު ގޮއިދޫގައި ހުޅުވި ބޭސް ފިހާރައިން އާސަންދައިގެ ހިދުމަތް ލިބޭނެ ކަމަށެވެ. ގޮއިދޫގެ އިތުރުން އޭދަފުއްޓާއި ތުޅާދޫގައިވެސް އެ ކުންފުނީގެ ފާމަސީއެއް މިއަހަރު ތެރޭގައި ވަނީ ހުޅުވައި ހިދުމަތްދޭން ފަށައިފަ އެވެ.

އެސްޓީއޯ އިން ބުނީ ރާއްޖޭގެ ކޮންމެ ރަށެއްގައި އެސްޓީއޯގެ ބޭސް ފިހާރައެއް ހުޅުވުމަށް ކުރިއަށް ގެންދާ މަސައްކަތަށް ކައުންސިލްތަކާއި ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެފައި ވަނީ، ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހުޅުވުމުގެ ބޭނުމަކީ ރައްޔިތުންނަށް ފަސޭހަކަމާ އެކު ބޭހުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި ސަރުކާރުގެ އުންމީދަކީ ދިވެހި ރާއްޖޭގެ ކޮންމެ ރައްޔިތަކީ ވެސް އާސަންދައިގެ ދަށުން ބޭސް ލިބޭ ރައްޔިތަކަށްވުން ކަމަށެވެ.

ކޮންމެ ރަށެއްގައި އެސްޓީއޯގެ ބޭސް ފިހާރައެއް ގާއިމު ކުރުމުގެ ޕްރޮޖެކްޓް ދެ އަހަރު ތެރޭގައި ނިންމާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ގޮއިދޫ ގަބުޅި

    މިކަމުގެ ފޮނިމީރުކަމަކީ ގޮއިދޫ ކައުންސިލުން ވީގުރުބާނީ ތަކެއްގެ ނަތީޖާ މިފުއްދުނީ ގޮއިދޫ ކައުންސިލްގެ ވައުދެއް ކައުސިލަށް ވަރަށް ބޮޑަށް މަރުހަބާ ކައުންސިލްގެ ބޭސްފިހާރައެއް ހިލޭސާބަހަށް ރައްޔިތުންގެހައްގުގަދިނީ އެސް.ޓީ އޯ އަށް ބަދަލްދޭނެ ފަދަނެތިގެން ރައްޔިތުންގެ ހައްގުގަ ސާބަސް ގޮއިދޫ ކައުނސިލްގެ ނިންމުމަށް ސާބަސް ރައްޔިތުންގެ ކައުންސިލަރުންނަކީ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.