މާރެސް ވޮލީ މުބާރާތުގެ ތަށި ކިހަވައް ވޮރިއާސް އިން ދިފާއުކޮށްފި

މާރެސް ވޮލީ މުބާރާތުގެ ތެރެއިން
މާރެސް ވޮލީ މުބާރާތުގެ ތެރެއިން

 

މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރުމަންޓް ސޮސައިޓީ ގެ 8 ވަނަ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އަނަންތަރާ ކިހަވައް ވޮރިއާސް އިން ދިފާއުކޮށްފި އެވެ.

ގްރޫޕްސްޓޭޖުން އެއްވަނަ ޓީމުގެ ގޮތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ފައިނަލަށް ދަތުރުކުރި ކިހަވައް ވޮރިއާސް ޗެމްޕިއަންކަންހޯދީ އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗް ގައި ފުޅަފި ޓީމާ ބައްދަލުކޮށް 3-2 ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރާ 3 ސެޓް ހޯދައިގެންނެވެ. މެޗްގެ ފުރަތަމަ 2 ސެޓް ފުޅަފިން ހޯދާފައިވަނިކޮށް 3 ވަނަ ސެޓް ކާމިޔާބުކުރީ ކިހަވައް ވޮރިއާސް އެވެ. ފުޅަފިޓީމަށް 4 ވަނަ ސެޓް ނިންމަން ލިބި ނާކާމިޔާބުވުމުން ކިހަވައް ވޮރިއާސް އިން 4 ވަނަސެޓް ކާމިޔާބުކޮށް މެޗް ފަސްސެޓަށް ބަދަލުކޮށްލި އެވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފުޅަފި ޓީމުގެ އުދަޔާ ރުކުމަލް އެވެ. ފުޅަފި ޓީމު ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުން 3 ވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކޮށް ޓީމުފިނިފެންމާ ބަލިކުރުމަށްފަހުގަ އެވެ. މި މުބާރާތުގައި ވާދަކުރި ޓީމް ރޯޔަލް އާއި ކަށިބިންދި ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗްތަކުން ބަލިވެ މުބަރާތުން ކަޓާފައެވެ. މި 2 ޓީމުވެސް ކަޓާފައިވަނީ ގްރޫޕްސްޓޭޖުގައި ކުޅުނު 2 މެޗުންވެސް ބަލިވެގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.