އަންނަ އަހަރު ބ. ހިތާދޫ ސްކޫލުގެ ގްރޭޑު 1 އަށް ކުދިން ވައްދަން އެދޭ ފަރާތްތަކަށް އެ ސްކޫލުން ފުރުޞަތު ހުޅުވާލައިފި އެވެ.
ހިތާދޫ ސްކޫލުން ނެރުނު އިއުލާނެއްގައިވަނީ 30 އޮކްޓޯބަރ 2014 ގައި ކުރިން ފޯމް ފުރިހަމަ ކުރުށް ފަހު ސްކޫލު އޮފީހަށް ހުށައެޅުމަށެވެ. ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން މެންދުރުފަހު 02:30 އަށެވެ. ފޯމާއި އެކު ވެކުސިން ކާޑާއި އެކު އުފަންދުވަހުގެ ސެޓިފިކެޓު ނުވަތަ އައިޑީކާޑު ކޮޕީއެއް އަޞްލާއި އެކު ހުށަހަޅަން ޖެހޭނެކަމަށްވެސް އެ އިއުލާނުގައިވެ އެވެ.
ހިތާދޫ ސްކޫލުގެ ގްރޭޑް 1 ވައްދަން ހަމެޖެހިފައިވަނީ 01 ޖަނަވަރީ 2015 ގެ ނިޔަލަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ކުދިންނެވެ.