އޭދަފުށީގައި އަންހެނަކު ފާހާނާ އިން ނުނިކުމެވި 12 ގަޑިއިރު!

     ައަންހެން މީހާ ފާހާނާ ތެރޭގައި: ހެލިފެލިވެ އުޅެން އޭނާ އަށް އުނދަގޫ ކަމަށް ބައެއް މީހުން ބުނޭ

ައަންހެން މީހާ ފާހާނާ ތެރޭގައި: ހެލިފެލިވެ އުޅެން އޭނާ އަށް އުނދަގޫ ކަމަށް ބައެއް މީހުން ބުނޭ

 

ބ. އޭދަފުށީގައި ރޭ ގާތްގަނޑަކަށް 11 ޖަހާކަންހާއިރު ފާޚާނާ އަށް ވަން އަންހެނަކު އެތަނުން ނުނިކުމެވި އިންނަތާ 12 ގަޑިއިރު ވެއްޖެ އެވެ. އަދި މިހާރު މިރަށު އަންހެން ގްރޫޕަކުން އެގެއަށް ވަދެ އޭނާ ނެރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އޭދަފުށީ 85 އަހަރުގެ މީހަކާ އިނދެގެން އުޅޭ ބ. ތުޅާދޫ 45 އަހަރުގެ އެ އަންހެންމީހާ ފާޚާނާ އިން ނުނިކުމެވި އިންނަން ޖެހުނީ ފަލަކަމުން ހެލިފެލިވެ އުޅެން އުނދަގޫވެގެން ކަމަށްވެ އެވެ.

“ރޭ 11 ޖަހާކަންހާއިރު އަންހެން މީހާ ފާހާނާއަށް ވަދެ، ފާހާނާ ތަށިމަތިން ނުތެދުވެ އިނީ. ދެން މިހާރު ތަޅުންގަނޑު މަތީގައި އިންނަތާ ވެސް އެތައް އިރެއް ވެއްޖެ،” އަންހެން މީހާ ފާހާނައިން ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކައުންސިލްގެ ޒިންމާދާރު ވެރިޔާ ނިއުމާ އަހުމަދު ހަވީރަށް ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ އެއީ ބަލިމީހެއް ނޫން ކަމަށާއި އެކަމަކު ފަލަކަމުން ހެލިފެލިވެ އުޅެން އޭނާ އަށް އުނދަގުލީ ކަމަށެވެ.

އިއްޔެ ފުލުހުންނާއި ކައުންސިލްގެ އެހީތެރިކަމުގައި އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސް ތާހިރު ވެސް ކޮށްފަ އެވެ. އެގޮތަށް ކަންތައް ކުރީ އެނދުން ނުތެދުވެ އޭނާ އޮތުމުން ސާފުތާހިރުކަން ކުޑަވެގެން ފިރިމީހާ ގޮސް ކައުންސިލަށް އެންގުމުން ނެވެ. އެ ދެމަފިރިންގެ ކުއްޖަކު ނުހުރެ އެވެ.

ނިއުމާ ވިދާޅުވީ ފާހާނައިން ނުނިކުމެވި އެ އަންހެންމީހާ އިނީ ހޮސްޕިޓަލުން ގެއަށް ގެންދިޔަތާ މާ ގިނަ އިރެއް ނުވަނީހެވެ.

އޭނާ އެތަނުން ނެރެ އަދި ސާފުކުރުމަށް އޭދަފުށީ ވިއްސަކަށް އަންހެނުން މިހާރު އަންނަނީ މަސައްކަތްކުރަމުންނެވެ.

ނިއުމާ ވިދާޅުވި ގޮތުގައި އަންހެން މީހާ ނުތާހިރުކޮށް ގިނައިރު އިނުމުން އެތަނަށް ވަދެ ސާފުކުރެވެން އޮތީ މާސްކު ފަދަ ތަކެތި ވެސް އަޅައިގެންނެވެ.

“މިކަން ކުރާނެ ފިރިހެނަކު ނެތް. އެހެންވެ އަޅުގަނޑުމެން އަންހެނުން އެއްބަސް ކިޔައިގެން އޭނާ ނެރެވޭތޯ މިއުޅެނީ. އެކަމަކު އެހާ ފަލަ މީހަކު އޭނާގެ ބާރެއް ނެތި އުފުލަން އުޅޭއިރު އޭނާއަށް ވެސް ތަދުވާތީ އެކަން ނުކުރެވިގެން މިއުޅެނީ،” ނިއުމާ ވިދާޅުވި އެވެ. / ހަވީރު އޮންލައިން

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.