އެސްޓީއޯ އިން ހިތާދޫގައިވެސް ފާމަސީއެއް ހުޅުވައިފި

އެސްޓީއޯ ބ. ހިތާދޫ ފާމަސީ ފޮޓޯ- ހިތާދޫ އޮންލައިން
އެސްޓީއޯ ބ. ހިތާދޫ ފާމަސީ ފޮޓޯ- ހިތާދޫ އޮންލައިން

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ ފާމަސީއެއް ގާއިމުކުރުމަށް އެސްޓީއޯ އާއި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ބ. ހިތާދޫގައިވެސް އެ ކުންފުނީގެ ބޭސް ފިހާރައެއް ހުޅުވައިފި އެވެ.

ހިތާދޫ ސިއްޙީ މަރުކަޒުގެ ތެރޭގައި އެސްޓީއޯއިން ހުޅުވި ބޭސް ފިހާރައިން އާސަންދައިގެ ހިދުމަތް ލިބޭނެކަމަށް އެ ކުންފުނިން ބުނެއެވެ. ހިތާދޫގެ އިތުރުން ގޮއިދުއާއި އޭދަފުއްޓާއި ތުޅާދޫގައިވެސް އެ ކުންފުނީގެ ފާމަސީއެއް މިއަހަރު ތެރޭގައި ވަނީ ހުޅުވައި ހިދުމަތްދޭން ފަށައިފަ އެވެ.

އެސްޓީއޯ އިން ބުނީ ރާއްޖޭގެ ކޮންމެ ރަށެއްގައި އެސްޓީއޯގެ ބޭސް ފިހާރައެއް ހުޅުވުމަށް ކުރިއަށް ގެންދާ މަސައްކަތަށް ކައުންސިލްތަކާއި ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.

އެސްޓީއޯއިން ބުނީ އެސްޓީއޯ ހިތާދޫ ފާމަސީ ޢީދު ކުރިން ހުޅުވުމަށް ނިންމާފައި ވީނަމަވެސް މޫސުން ތަންނުދިނުމުގެ ސަބަބުން ޢީދު ކުރިން ހުޅުވޭގޮތްނުވީ ކަމަށެވެ.

އެސްޓީއޯ ހިތާދޫ ފާމަސީ ހުޅުވުމުގެ މަނާސަބަތުގައި ހިތާދޫ ސިއްޙީމަރުކަޒުގެ މުވައްޒަފުން ޖާފަތެއް ދީފައެވެ. މި ޖާފަތުގައި ސިއްހީމަރުކަޒުގެ މުވައްޒަފުންނާ ހިތާދޫ ކައުންސިލުގެ މެންބަރުންނާއި އެސްޓީއޯ ފާމަސީ ހުޅުވުމަށް ވަޑައިގެން ބޭފުޅުން ވަނީ ބައިވެރި ވެފައެވެ.

ކޮންމެ ރަށެއްގައި އެސްޓީއޯގެ ބޭސް ފިހާރައެއް ގާއިމު ކުރުމުގެ ޕްރޮޖެކްޓް ދެ އަހަރު ތެރޭގައި ނިންމާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.