ބ. އަތޮޅުގެ އަތޮޅުފެރީން އޭދަފުއްޓަށް އަންނަ ދަތުރުވެރިންނަށް ޚާއްސަކޮށްގެން ވައިޓް ބައި އެއިޓް އެސް ރެސްޓޯރެންޓުން ލަންޗު ޕެކޭޖެއް ތައާރަފް ކޮށްފިއެވެ.
ވައިޓް ބައި އެއިޓް އެސް އިން ބުނީ ހުކުރުދުވަސް ފިޔަވައި އަތޮޅު ފެރީ އޮންނަ ކޮންމެ ދުވަހަކު މެންދުރު 12 އިން ފެށިގެން 2 އާދެމެދު މި ޚިދުމަތް ލިބޭނެކަމަށެވެ.
މި ލަންޗު ޕެކެޖްގައި ފްރައިޑް ނޫޑްލްސް ނުވަތަ ފްރައިޑް ރައިސްގެ އިތުރުން ފެންފުޅިއަކާއެކު ޖޫސް ނުވަތަ ކަޅު ސައިގެ އިތުރުން ދުފުންވެސް ހިލޭ ލިބޭނެއެވެ. ޕެކެޖްގެ އަގަކީ 30ރުފިޔާ އެވެ.
“ވައިޓް ބައި އެއިޓް އެސް” ގެ ނަމުގައި ޑޭޒީ ހިނގުމުގައި ހުންނަ މި ރެސްޓޯރަންޓް ފަރުމާކޮށްފައި ވަނީ މިރަށުގައި ހުރި އެހެން ރެސްޓޯރެންޓްތަކާ ތަފާތު އަދި ހާއްސަ ތަނެއްކަން އިހުސާސް ކުރެވޭ ގޮތަށް ހިތްގައިމު މާހައުލެއްގަ އެކެވެ.