ބަނގުރާފުޅިތަކަކާއެކު ކެންދޫން މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ބަނގުރާ ފުޅިތައް - ފޮޓޯ: ޕޮލިސް
ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ބަނގުރާ ފުޅިތައް – ފޮޓޯ: ޕޮލިސް

 

ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ 3 ފުޅިއާއެކު މީހަކު ކެންދޫއިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ވިދާޅުވީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 46 އަހަރުގެ މީހެއް ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އޭދަފުށި ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އޭދަފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިއަދު ހަވީރު 16:04 ހާއިރު ކޯޓު އަމުރެއްގެ ދަށުން ކެންދޫގައި އޭނާ ދިރިއުޅެމުންދާ ގެއިން ކަމަށް ފުލުހުން ވިދާޅުވި އެވެ.

އަދި ބަނގުރާ ފުޅިތައް ފެނިފައިވަނީ އޭނާ ދިރިއުޅެމުންދާ ގޭ ބަލައިފާސްކުރިކުރުމުން އެގޭތެރޭގައި ހުރި ފުޅިމަދު ފޮށިގަނޑެއްގެ ތެރެއިން ކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

5 ކޮމެންޓް

  1. wwniyaa

    މިކަހަލަަ އަޑިނުބައި މީހަކު މަދަރުސާއެއްގެ ޕްރިންސިޕަލަކަށް ބަހައްޓަން ހެޔޮ ނުވާނެ. ފިރިމީހާ އަށް އެވަރުގެ ލަނޑެއް ދިން މީހަކު ބައެއްގެ ދަރިން ތަކަކާ ޚަވާލުވެ ހުރެ އެދަރިން ތަކަށް ހެޔޮ އެދޭނެކަމާމެދު ސުވާލު އުފެދޭ. އެޑިޔުކޭޝަން މިނިސްޓަރަށް އަޅުގަނޑު ކެންދޫގެ ދަރިއެއްގެ ހައިސިއްޔަތުން މި ގޮވާލަނީ އޭނާ މަޤާމުން ވަކިކުރުމަށް. – ކެންދޫ ދަރިއެއް-

    ރައްދު
  2. sareefa

    އެދަފުށި ޕޮލިސް ސްޓޭސަން ގައި އުޅޭބައެއް ކުދިން ނަކީ ވަޒީފާގެ ބިރަށް ކުށްވެރިން ހައްޔަރު ކުރުމަށް ނުކުޅެދިފައިވާ ބައެއްކަންވެސް މިފުރުސަތުގައި ފާހަނގަކުރަން. ކެންދޫން ހައްޔަރު ކުރި މީހަކީ ހަމަ ވަރައްބޮޑު ރޭވުމެއްގެ ތެރެއިން ކޮށްފައިވާ ކަމެއްކަން ހަމަ ވަރަ ޔަގީން.
    ކެންދޫގެ ރައްޔިތެއް….

    ރައްދު
  3. sareefa

    ތީހަމަ ޜޭވުމެގެތެރެަިން ހިގިކަމެއް، ހިތާމަކުރަން ބ ކެންދޫ ޕްރިންސިޕަލްގެ ގެ ފިރިމީހާ އައްތިފަދަ ހިތާމަވެރި ލަނޑެއްދިނީތީވެ. ހަމަޔަގީނުންވެސް ތިކަމަކީ ދުރާލަ ރާވައިގެން ކޮށްފައިވާ ކަމެއް!

    ރައްދު
  4. ނާފިިޒް

    ތި އޭދަފުށި ޕޮލިހުންނައް އަދިކިރިޔާ މީޑިޔާއަށް އެއްޗެއްފޮނުވުނީ .މައްސަލައެއް ނިމެނީކިނޫން ނުވިތާކައް މީޑިޔާއަށް އިޓަވިއު ދެވެނީކިނޫން. ގައުމުގެ ހާލަތު

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.