15 އަހަރުގެ ކުއްޖަކާ ބެހުނު މީހަކު 12 އަހަރަށް ޖަލަށް!

 ކުޑަކުދިންނާ ކުރާ އަނިޔާއާ ދެކޮޅު ކުރެހުމެއް. --ހަވީރު ފައިލް ފޮޓޯ

ކުޑަކުދިންނާ ކުރާ އަނިޔާއާ ދެކޮޅު ކުރެހުމެއް. –ހަވީރު ފައިލް ފޮޓޯ

 

ބ. ކަމަދޫގައި ކުޑަކުއްޖަކާ ބަދު އަޚުލާގީ އަމަލު ހިންގިކަން ސާބިތުވި މީހަކު 12 އަހަރަށް ޖަލަށްލުމަށް އެރަށު ކޯޓުން ހުކުމްކޮށްފި އެވެ.

އެ ހުކުމް އިއްވާފައިވަނީ ނ. ހެބަދޫ ފުސްފަރު މުހައްމަދު ރަޝީދުގެ، 25، ގެ މައްޗަށެވެ. އޭނާގެ މައްޗަށް އެ ހުކުމްކޮށްފައިވަނީ މިއަހަރުގެ މޭމަހު ތެރޭގައި ކަމަދޫ 15 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ޖިންސީ އަމަލު ހިންގިކަން ޝަރީއަތަށް ސާބިތުވާތީ އެވެ.

އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ބުނީ އެ މައްސަލާގައި ހުކުމްކޮށްފައިވާ މީހަކީ ކުށުގެ ރިކޯޑް އޮންނަ މީހެއް ކަމަށެވެ. އެގޮތުން އެމީހާގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވި މައްސަލައެއްގައި 150 ރުފިޔާ އިން ޖޫރިމަނާކޮށްފައިވާ ކަމަށްވެސް ކޯޓުން ބުންޏެވެ. އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި އޭނާ -/1000ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް ކޯޓް އޮފިޝަލް ވިދާޅުވި އެވެ.

މި މައްސަލާގައި ހުކުމް ކުރި މީހާ މިހާރު ވަނީ ޑިޕާޓްމަންޓް އޮފް ޕެނިޓެންސަރީ އެންޑް ރިހެބްލިޓޭޝަން ސާވިސް އާއި ހަވާލުކުރުމަށް ޓަކައި އޭދަފުށީ ޕޮލިސް ސްޓޭޝަނާ ހަވާލުކޮށްފަ އެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.