ކުޑަފިރިހެން ކުއްޖަކާ އެކު ޖިންސީ އަމަލު ހިންގި މީހަކު 14 އަހަރަށް ޖަލަށްލުމަށް ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އޭދަފުށީ، މުޝްތަރީގޭ ފަތުހުﷲ އަބްދުﷲ، 43، ގެ މައްޗަށް ކޯޓުން ހުކުމްކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ތެރޭގައި އަށް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކުށް ސާބިތުވުމުންނެވެ.
އޭދަފުށީ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ހުކުމް ތަންފީޒު ކުރުމަށްޓަކައި އޭނާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރުމަށް އޭދަފުށީ ޕޮލިސްޓޭޝަނާ އޭނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ތޯރިގު ހާދަ މިނިވަނޭދޯ؟؟؟؟ ހިޔެއް ނުކުރަން މި ޚަބަރު ޖަހަން ކެރޭނެކަމަކަށް.
މިރަށު މީހުންގެ އަނގަޔާ ހެދިވެސް ހިޔެއް ނުކުރެވޭނެއެންނު. ތޯރިގު އޯކޭއޭ މިރަށު މީހުންގެ އަނގަތައް މައްސަލައަކީ.
އޯ ޝިޓް …