ސްރީ ލަންކާ އަށް ގޮސް އުޅެނިކޮށް ގެއްލުނު ކަމަށް ރިޕޯޓްކުރި އޭދަފުށީ ޒުވާނާ ފެނިއްޖެ އެވެ.
ބޭސް ފަރުވާއަށް ލަންކާއަށް ދިޔަ ބ. އޭދަފުށީ، ލީބިޔާ އަހުމަދު ޝިމްހާދު ގެއްލުނު ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރީ މިމަހުގެ 12 ގަ އެވެ. އެއީ އޭނާ ރާއްޖެ އަންނަން އޮތް ތާރީޚަށް ނައިސް އަދި އޭނާގެ އެއްވެސް ހަބަރެއް ނުވެ ދެތިން ދުވަސް ވޭތުވެދިޔުމުންނެވެ.
ޝިމްހާދު ފެނުނު ނަމަވެސް މިކަމާ ގުޅޭ ގޮތުން އޭނާގެ އާއިލާއިން އެއްވެސް ނޫހަށް ވާހަކަ ދައްކަން ބޭނުމެއް ނުވެ އެވެ.
ޝިމްހާދުގެ އާއިލާއިން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އޭނާއާ ފޯނުން މުއާމަލާތް ކުރަމުންދާކަން އެނގިފަވެ އެވެ. އަދި އޭނާ މި ވަގުތު ހުރީ ލަންކާގެ ވެރިރަށް، ކޮލަމްބޯގައި ކަމަށްވެ އެވެ.
މިކަހަލަ މީހުން ދޯ؟؟؟؟؟ ލަދެއްވެސް ނުގަންނަނެ. ނުފޯރާ ފޮތިން ފޫގަޅަންް އުޅުނީމަ ވާނެގޮތް މި ވީ