އޭދަފުށީ މެޑިކަލް ސެންޓަރުން ހަމުގެ ޑޮކްޓަރެއް ގެންނަނީ

dermatologist-applying-facial (1)

ހަމުގެ ބަލިތަކަށް ފަރުވާ ދިނުމަށް އޭދަފުށީ މެޑިކަލް ސެންޓަރުން ހަމުގެ ހާއްސަ ޑޮކްޓަރެއް ގެންނަން ހަމަޖައްސައިފި އެވެ.

އޭދަފުށީ މެޑީކަލް ސެންޓަރުގެ ހެޑް މުހައްމަދު ރަޝީދު ވިދާޅުވީ މާލޭ މެޑިކަލް ހޮސްޕިޓަލުގެ ހަމުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު ފާތުމަތު މައުސޫމާ އެ ކްލިނިކަށް ގެންނަން ނިންމާފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 1 ގައި ކަމަށެވެ. އަދި އެ ޑޮކްޓަރަށް ދެއްކުމަށް ނަން ނޯޓު ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަންނޯޓް ކުރުމަށް ގުޅާނީ 7523242 ނަންބަރު ފޯނާ އެވެ.

މުހައްމަދު ރަޝީދު ވިދާޅުވީ އަތޮޅުގެ ރައްޔިތުން ވީހާވެސް ކުޑަ ހަރަދަކުން ސްޕެސަލިސްޓް ޑޮކްޓަރުންނަށް ދެއްކޭނެ ހިދުމަތް ފެށުމުގެ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ހުޅުވި އެ ކުލިނަކަށް އާއްމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އަދި އެ ކުލިނިކުން އާސަންދައިގެ ހިދުމަތް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭދަފުށީ މެޑިކަލް ސެންޓަރު ހިންގަމުން އަންނަނީ އޭދަފުށީ “ސައްކެޔޮ” ގޭގަ އެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.