އޭދަފުށީ ޓީމުގެ ބައެއް ކުޅުންތެރިން އެހެން ޓީމުތަކުގައި

BAFC2014 transfer news
ކަނާތުން ވާތަށް: ސައްޓު، މަޖިއްޓޭ، ހުމެއިދު، ފާއްޓޭ

މިއަހަރުގެ ބ. އަތޮޅު ފުޓުބޯޅަ ޗެލެންޖުގައި މުހަންމަދު ފާސިރު (ފާއްޓޭ) އޭދަފުށީ ޓީމަށް ކުޅެން ނިންމައި، އަހުމަދު ހުމެއިދު ކުޑަރިކިލު ޓީމަށް އަދި އިޝާން އިބްރާހީމް (ސައްޓު) އާއި ޢަބްދުﷲ މަޖީދު (މަޖިއްޓޭ) ގޮއިދޫ ޓީމަށް ކުޅެން ނިންމައިފި އެވެ.

2012 ވަނަ އަހަރު ފެށި ބ. އަތޮޅު ފުޓުބޯޅަ ޗެލެންޖުގެ ވޭތުވެދިޔަ 2013 ވަނަ އަހަރުގެ މުބާރާތުގައި މި ހަތަރު ކުޅުންތެރިންވެސް ކުޅެފައި ވަނީ އޭދަފުށީ ޓީމަށެވެ. އޭދަފުށީ ޓީމު މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ޓީމުގެ ކެޕްޓަނަކީ ވެސް ޢަބްދުﷲ މަޖީދު (މަޖިއްޓޭ) އެވެ.

ވޭތުވެދިޔަ ތިން އަހަރުވެސް އޭދަފުށީ ޓީމުގައި ކުޅުނު މުހަންމަދު ފާސިރު (ފާއްޓޭ) އަށް ތިން ރަށެއްގެ ޓީމަކުން ފުރުސަތު ލިބުނު ނަމަވެސް ފާއްޓޭ އޭދަފުށީ ޓީމަށް ކުޅެން ނިންމި ސަބަބަކަށް ފާސިރު ބުނީ އެއީ ރަށު ޓީމަށް އޭނާ އޮންނަ ލޯތްބެއްގެ ބޮޑުކަމުންނެވެ. އަދި އޭނާއަކީ މިދިޔަ އަހަރުން ފެށިގެން އޭދަފުށީ ޓީމުގެ ޓްރެއިނަރުވެސް މެއެވެ.

އިޝާން އިބްރާހީމް (ސައްޓު) ބުނި ގޮތުގައި އޭނާ ގޮއިދޫ ޓީމަށް ކުޅެން ނިންމީ ގާތް ރަހުމަތްތެރިއެއްގެ އެދުމުގެ މަތިންކަމަށާއި ރަށު ޓީމު ބައިވެރިވާ ހަބަރު ލިބުނީ މާލަހުން ކަމަށެވެ. މީގެ ކުރިން 2012 ވަނަ އަހަރު ސައްޓު ކުޅުނީ ކިހާދޫ ޓީމަށެވެ.

2012 ވަނަ އަހަރުވެސް ގޮއިދޫ ޓީމަށް ކުޅުނު ޢަބްދުﷲ މަޖީދު (މަޖިއްޓޭ) ބުނީ އޭނާ ރަށު ޓީމަށް ނުކުޅެ ގޮއިދޫ ޓީމަށް ކުޅެން ނިންމީ ރަށު ޓިމު ބައިވެރިވުމާ ބެހޭ ހަބަރެއް ރަށު ކައުންސިލުގެ ފަރާތުން ނުވުމާއެކު ސައްޓު ގޮއިދޫ ޓީމަށް ކުޅެން ނިންމުމާ ގުޅިގެން ސައްޓުއާ އެއް ޓީމަކަށް ކުޅުމަށެވެ.

އަދި އޭދަފުށީ ޓީމުގެ ފަހަތް މިދިޔަ އަހަރު ބެލެހެއްޓި ޒުވާން ޑިފެންޑަރު އަހުމަދު ހުމެއިދު ވެސް ކުޑަރިކިލު ޓީމަށް ކުޅެން މިފަހަރު ނިންމީ ރަށު ޓިމު ބައިވެރިވުމާ ބެހޭ ހަބަރެއް ނުވެ ހުއްޓާ އައި ހުށަހެޅުން ގަބޫލުކުރުމުގެގޮތުންނެވެ. އަދި މިކަމުގައި ރަށުގެ ބޮޑުންގެ ލަފާ ހޯދައިފައިވާނެ ކަމަށް ވެސް ހުމެއިދު ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. The Ventiez

    އެއަށްކިޔަނީ އަމިއްލަ އެދުން ފޯވުމެއްނޫން… އެއަށް ކިޔަނީ އިޚްލާސްތެރިކަން… ކުރިން ކުޅެން ބުނެދިން ޓީމަށް ކުޅުމަކީ އެންމެ ރަނގަޅުގޮތް.. ބައެއްކައިރީގައި އެޓީމަށް ކުޅޭނަމޭބުނެ ފަހުން އެހެންޓީމަކަށް ދާންބުނުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި ނުދެކެން.. އޭދަފުށީ ޓީމު ބައިވެރިވާކަން ކުރިން އެނގުނުނަމަ އެމީހުންވެސް ރަށުޓީމަށް ކުޅޭނެކަމާމެދު ޝައްކެތްނެތް…

    ރައްދު
  2. modu

    ސައްޓު އަދި މަޖިއްޓެއަކީ އޭދަފުށީގައި މިވަގުތު ހުރި އެއްމެ މޮޅު 2ކުޅުން ތެރިން. މިފަހަރު ހީވަނީ މީ ގޮއިދޫ ގެ ފަހަރެއްހެން.،،،،،،،،،،،

    ރައްދު
  3. fathimath rasheedha

    މިސޮރުމެން ރަށަށް އެއްވެސް ލޯތްބެއް ނެތީބާ ؟ އަމިއްލަ އެދުމުން ފޯވެތިބި 3 ކުޅުންތެރިންނާއި ، ރަށަށް ލޯބި ޖެހިފައިހުރި ކުޅުންތެރިއެއް ފޮޓޮއިން ފެންނަނީ …………………..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.