ކުޑަރިކިލު ޓީމުގެ ކޯޗުކަމާ ބައްޓޭ ހަވާލުވެއްޖެ

ކޯޗް ބައްޓޭ
ކޯޗް ބައްޓޭ

އަންނަ މަހު ފަހުކޮޅު އޭދަފުށީގައި ފަށާ ބ. އެޓޯލް ފުޓްބޯލް ޗެލެންޖަށް ތައްޔާރުވަމުންދާ ކުޑަރިލު ޓީމުގެ ކޯޗަކަށް އޭދަފުއްޓަށް އުފަން ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޒާހިދު (ބައްޓޭ) ހަމަޖައްސައިފި އެވެ.

ބައްޓޭ ބުނީ ކުރިއަށް އަތޮޅު ފުޓްބޯލް ޗެލެންޖުގެ ކުޑަރިކިލު ޓީމުގެ ކޯޗުކަމާ ހަވާލުވެ، މުބާރާތަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ވެސް މިއަދު ފަށާފައިވާ ކަމަށެވެ. އަދި ކުޑަރިކިލު ޓީމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ވެސް ބައްޓޭ ބުންޏެވެ.

ބައްޓޭ ބުނިގޮތުގައި ގޮތުގައި އޭނާ ކުޑަރިކިލު ޓީމަށް ކޯޗުކޮށްދޭން ނިންމީ އެރަށު ޓީމުގެ އެދުމުގެ މަތިންކަމަށާއި އޭދަފުށީ ޓީމުން އަދި ކައުންސިލުންވެސް މިހާތަނަށް އެއްވެސް މުބާރާތެއްގައި އެހީތެރިވެދިނުމަށް އެދިފައި ނުވާ ކަމަށެވެ.

“ތިން ރަށަކުން ހުށަހެޅުން ލިބުނު، އެގޮތުން ޓީމުގެ ފެންވަރާއި ކުޅުންތެރިންނަށް ބަލާފައި ކުޑަރިކިލު ޓީމުގެ ކޯޗުކަމާ ހަވާލުވީ، އޭދަފުށީ ޓީމުން އަދި ކައުންސިލުންވެސް އެއްވެސް ފަހަރެއްގައި އެހީތެރިވެދޭކަށް ވާހަކަ ދައްކާފައެއް ނެތް،” ބައްޓޭ ބުންޏެވެ.

ކުރިން ގައުމީ ފެންވަރުގައި ފުޓްބޯޅަ ކުޅުނު ބައްޓޭ ވަނީ މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު މާލޭގައި އޮތް ޔޫތު ޗެމްޕިއަން ޝިޕްގައި ވާދަކުރި އޭދަފުށީ ފުޓްބޯޅަ ޓީމު ކޯޗު ކަންވެސް ކޮށްފައެވެ. އަދި އޭނާ ވަނީ  2012 ވަނަ އަހަރު އޮތް އިންޓަ ސްކޫލު ފުޓްބޯޅަ މުބާރާތަށް ބ. އަތޮޅުތަައުލީމީ މަރުކަޒުގެ ޓީމުގެ ކޯޗެއްގެ ގޮތުންވެސް މަސައްކަތް ކޮށްދީ ޓީމު ސެމީ ފައިނަލާ ހަމައަށްވެސް ގެންގޮސްދީފަ އެވެ.

އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައި ބާއްވާ ބާ އެޓޯލް ފުޓްބޯލް ޗެލެންޖް އޮންނާނީ ނޮވެމްބަރު 28 އިން ޑިސެމްބަރު 15 ގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގައި ބ. އަތޮޅުގެ އަށް ރަށަކުން ވަނީ ބައިވެރިވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.