އަންހެނުންނާއި ކުޑަކުދިންނަށް ޚާއްސަ ފިހާރައެއް ހުޅުވައިފި

އޭ.އޭ.އޭ ކަލެކްޝަންގެ ނަމުގައި އޭދަފުށީގައި މިރޭ ހުޅުވި ފިހާރަ

އަންހެނުންނާއި ދެޖިންސުގެ ކުޑަކުދިންނަށް ހާއްސަ ކޮށްގެން އޭދަފުށިގައި އާ ފިހާރައެއް މިރޭ ހުޅުވައިފި އެވެ.

އޭ.އޭ.އޭ ކަލެކްޝަންގެ ނަމުގައި މެދުއަވަށުގެ ޑެއިޒީމަގުގެ އަންހެނުންގެ މިސްކިތް ކައިރީގައި ހުޅުވި މި ފިހާރައިގައި ތަފާތު ޑިޒައިންތަކުގެ ވިސްކޯސް، ޝިފޯން، ބަބުލް ޝިފޯން، ދެމޭ ފޮތި، ޓީޝާޓު ފޮތި، ބުރުގާ ފޮތި، އަދި އެތައް ކުލައެއްގެ އަބާޔާ ފޮތި ވަރަށް އަގު ހެޔޮކޮށް ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން ބުންޏެވެ.

އަދި މީގެ އިތުރުން އެކި ކުލަކުލައިގެ ޝިފޯން ޝޯލް އާއި ތަފާތު ޑިޒައިންތަކުގެ ރޭނދާ އަދި ހެދުން ޒީނަތްތެރި ކުރާ މާގަނޑުގެ އިތުރުން އަންހެންބޭފުޅުންގެ ހަރުވާޅު، ރީތި ޑިޒަންތަކުގެ ޓައިޓު، ބުރުގާ ޕިން، ބުރުގާ ދަތި އަދި ކަރު ދަތި ވެސް ލިބެން ހުންނާނެ ކަމަށް އޭ.އޭ.އޭ ކަލެކްޝަން ބުންޏެވެ.

އޭ.އޭ.އޭ ކަލެކްޝަންގެ ނަމުގައި އޭދަފުށީގައި މިރޭ ހުޅުވި ފިހާރަ

ފޮތީގެ އިތުރުން މިފިހާރައިން ކުޑަކުދިންގެ ގިނަ އައިޓަމްސް ތަކެއް ލިބެން ހުންނާނެ އެވެ. އެގޮތުން ތަފާތު ރީތި ޑިޒައިން ތަކުގެ ޓީޝާޓް، ހެދުން، ސޯޓު، ގަމީސް، ޓައިޓު އަދި ސްކާޓް ލިބެން ހުންނާނެ އެވެ.

މީގެ އިތުރުން ކުޑަކުދިންގެ ތަފާތު ވައްތަރުގެ ކުޅޭ އެއްޗެހީގެ އިތުރުން ބާރތްޑޭ ޕާޓީ ތަކަށް ބޭނުންވާ ތަފާތު ޑިޒައިން އަދި ތީމު ތަކުގެ ތަށި، ޓިޝޫ ވަރަށް ހެޔޮއަގުގައި މިތަނުން ލިބެން ހުންނާނެ އެވެ. އަދި ޕާޓީ ޒީނަތްތެރި ކުރާ ހުރިހާ ބާވަތްތަކެއް ލިބެން ހުންނާނެ އެވެ.

އޭ.އޭ.އޭ ކަލެކްޝަންގެ ނަމުގައި އޭދަފުށީގައި މިރޭ ހުޅުވި ފިހާރަ

ފިހާރަ ހުޅުވުމުގެ މުނާސަބަތުގައި ވަރަށް ހާއްސަ ސޭލެއް 7 ފެބްރުއަރީ އިން 23 ފެބްރުއަރީ އަށް ކުރިއަށް ދާނެ ކަމަށްވެސް އެ ފިހާރައިން ބުންޏެވެ. މި ސޭލުގައި %25 ން %40 އާއި ހަމައަށް އެއްޗެހީގެ އަގު ވަނީ ހެޔޮކޮށްފަ އެވެ. މި ފިހާރައާއި ބެހޭ މަޢުލޫމާތު 7368848 އަށް ގުޅުއްވުމުން ނުވަތަ ވައިބާރ ކުރެއްވުމުން ލިބިގެން ދާނެއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.