އޭދަފުށީ ފުޓްބޯޅަ ޓީމުގެ ލޯގޯ އާއި ޖޯޒީ ބައި ޑިޒައިން ކުރަން ހުޅުވާލައިފި

އޭދަފުށީ ފުޓްބޯޅަ ޓީމު އިއްޔެ ޕފަރިތަކުރުންތަކުގައި-- އީޓީ ފޮޓޯ / މުހައްމަދު މާހު
އޭދަފުށީ ފުޓްބޯޅަ ޓީމު އިއްޔެ ޕފަރިތަކުރުންތަކުގައި– އީޓީ ފޮޓޯ / މުހައްމަދު މާހު

 

އަންނަ މަހު ފަހުކޮޅު ބޭއްވުމަށް ތައްޔާރުވަމުންދާ ބާ އެޓޯލް ފުޓްބޯލް ޗެލެންޖުގައި ވާދަކުރާ އޭދަފުށީ ފުޓްބޯޅަ ޓީމުގެ ލޯގޯ އާއި ޖޯޒީތަކާއި އަދި ކިޓްތައް ކުރަހައި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އޭދަފުށީ ފުޓްބޯޅަ ޓީމުން ބުނީ ހުށަހަޅާ ލޯގޯ އާއި ޖޯޒީ ކިޓްތަކުގެ ޑިޒައިންތަކުގެ ތެރެއިން ޓީމުން ހޮވާ ޖޯޒީބައި ޑިޒައިންކުރާ ފަރާތަށް ރަމްޒީ އިނާމެއް ދޭނެ ކަމަށެވެ.

ޖޯޒީ ބައި ޑިޒައިން ކުރާއިރު ހޯމް އަދި އަވޭ ގައި ބޭނުން ކުރުމަށް ތަފާތު ދެ ޑިޒައިނެއް ހުށަޅަން ޖެހެއެވެ.

ލޯގޯ ޑިޒައިންކުރުމުގައި ބަލަންޖެހޭ ކަންކަމުގެ ތެރޭގައި ލޯގޯ އަކީ ފަސޭހައިން ތައްޔާރުކުރެވޭ އެއްޗަކަށްވުމާއި ޑިޒައިން ކުރާއިރު ޓީމުގެ ކުލަކަމަށްވާ ރަތް ކުލައާއި ފެހިކުލަ ބޭނުން ކުރަން ޖެހެ އެވެ. އަދި ޖޯޒީ ބަޔާއެކު އޮފިޝަލު ޖޯޒީގެ ނަމޫނާވެސް ހުށަހެޅުމަށް އޭދަފުށީ ޓީމުން އެދެއެވެ. ޖޯޒީ ބައި ޑިޒައިން ކުރުމުގައިވެސް ޓީމުގެ ދެ ކުލަތައް ބޭނުންކުރުމަށް ސަމާލުކަން ދޭން ޖެހެއެވެ.

ލޯގޯ އާއި ޖޯޒީތައް އަދި ކިޓްތައް ކުރަހައި، ހުށަހަޅަންޖެހޭ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށެވެ. ލޯގޯ އާއި ޑިޒައިންތައް ހުށަހަޅާއިރު ހާޑްކޮޕީއާއެކު އޭގެ ސޮޕްޓް ކޮޕީ ހުށަހަޅަން ޖެހެނީ އޭދަފުށީ ކައުންސިލް އިދާރާ އަށެވެ.

އިތުރު މައުލޫމާތު ހޯދުމަށް ގުޅާނީ 9993837، 7992334 އާ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.