ގަވާއިދާ ޚިލާފަށް ބަހައްޓާފައިހުރި ތަކެތި ނަގަން ފުލުހުންނަށް އަމުރު ކޮށްފި

ބ. އޭދަފުށި. ރަށުގެ އެކި ސަރަހައްދުތަކުގައި ގަވައިދާ ޚިލާފަށް ބަހައްޓފައިހުރި ތަކެތި ނެގުމަށް ފުލުހުންގެ މައްޗަށް ވަނީ ކޯތް އަމުރު ނެރެފައި
ބ. އޭދަފުށި. ރަށުގެ އެކި ސަރަހައްދުތަކުގައި ގަވައިދާ ޚިލާފަށް ބަހައްޓފައިހުރި ތަކެތި ނެގުމަށް ފުލުހުންގެ މައްޗަށް ވަނީ ކޯތް އަމުރު ނެރެފައި

 

ބ. އޭދަފުށީގެ މަގުތަކާއި ރަށުގެ ސަރަހައްދުތަކުގައި އެކި މީސްމީހުން ގަވައިދާ ހިލާފަށް ބަހައްޓާފައި ހުރި ތަކެތި ނެގުމުގެ އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން  ޚޯތް އަމުރެއް ނެރެފި އެވެ.

އެކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ އެރަށު މަގުތަކުގައި ޤަވާއިދާ ޚިލާފަށް އިންދާފައިވާ ގަސްތަކާއި، ބަހައްޓާފައިވާ ޖޯލި ތަކާއި އެނޫންވެސް އެއްޗެހި ގިނަވުމުގެ ސަބަބުން ހިނގާ ބިނގާވެ އުޅެން ދަތިވުމުން މަގުތަކުގައި ބަހައްޓާފައި ހުރި އެފަދަ ތަކެތި ނެގުމަށް ރަށު ކައުންސިލުން އެފަރާތްތަކަށް ތަކުރާރުކޮށް އެންގުމުންވެސް އެތަކެތި ނަގާފައި ނުވާކަމަށެވެ.

އަދި މިތަކެތި އެއް މަސް ދުވަހުގެ ތެރޭގައި ނެގުމަށް އޭދަފުށީ ކައުންސިލް އިދާރާއިން 25 ޖުލައި 2014 ވަނަ ދުވަހު އިއުލާނަކުން އަންގާފައި ވާކަން އެނގޭ ކަމަށާއި އަދި އެމުއްދަތުގެ ތެރޭގައި އެތަކެތި ނަގާފައި ނުވާ ފަރާތްތަކަށް އިތުރު 7 ދުވަހުގެ މުއްދަތެއް ދީ ސިޓީއަކުން އެކަން އަންގާފައި ވާކަމަށްވެސް ކޯޓުން ކުރި އަމުރުގައި ވެއެވެ.

“…އެހެންކަމުން މިއަދުން ފެށިގެން ހަތަރު ދުވަހުގެ ތެރޭގައި ގަވައިދާ ޚިލާފަށް އެކި ސަރަހައްދު ތަކުގައި ބަހައްޓަފައިހުރި ތަކެތި ނެގުމަށްފަހު ރަށު ކައުންސިލުން ކަނޑައަޅާތަނެއްގައި ބެހެއްޓުމަށް އެތަކެތީގެ ވެރިފަރާތްތަކަށް އަމުރުކޮށް އަދި މި މުއްދަތުގެ ތެރޭގައި ނުނަގާ ތަކެތި އޭދަފުށީ ޕޮލިސް ސްޓޭޝަނާ ރަށު ކައުންސްލު އިދާރާގެ ބެލުމުގެ ދަށުން ނަގައި ކައުންސިލު އިދާރާއިން ކަނޑައަޅާ ތަނެއްގައި ބެހެއްޓުމުމަށް ފުލުހުންގެެ މައްޗަށް އަމުރުކޮށްފީމެވެ،”

މިގޮތަށް ނަގައިގެން ގޮސް ބެހެއްޓޭ ތަކެއްޗާމެދު ކައުންސިލާއިި ފުލުހުން ޒިންމާ ނަގަން ނުޖެހޭނެ ކަމަށާއި އަދި މި އަމުރުގައިވާ ކަންކަން ތަންފީޒު ކުރުމަށް ހުރަސްއަޅާ ފަރާތްތަކާމެދު ފުލުހުންގެ ގާނޫގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށްވެސް ފުލުހުންގެ މައްޗަށްވަނީ އަމުރުކޮށްފަ އެވެ.

މިތަކެތި ނެގުމަށް މިއަދު ކޯޓް އަމުރު ނެރުނުއިރު ގިނަ ބަޔަކު މިދިޔަ މަހުގެ ނިޔަލަށް ގަވައިދާ ޚީލާފަށް ބަހައްޓާފައިވާ ތަކެތިވަނީ ނަގާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.