އެކުވެރިކަމުގެ މެޗުގައި ގޮއިދޫއަށް ބޮޑު މޮޅެއް

މިއަދު ގޮއިދޫ އާއި ކިހާދޫ ބައްދަލު ކުރި މެޗުގެ ތެރެއިން -/ ފޮޓޯ: ކިހާދޫ ފުޓްބޯލް ފޭސްބުކް ޕޭޖް
މިއަދު ގޮއިދޫ އާއި ކިހާދޫ ބައްދަލު ކުރި މެޗުގެ ތެރެއިން -/ ފޮޓޯ: ކިހާދޫ ފުޓްބޯލް ފޭސްބުކް ޕޭޖް

އަންނަމަހު ފަހުކޮޅު ފަށާ އަތޮޅު ފުޓުބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގޮއިދޫ ފުޓްބޯޅަ ޓީމާއި ކިހާދޫ ފުޓްބޯޅަ ޓީމާ ދެމެދު އެކުވެރިކަމުގެ މެޗެއް މިއަދު ހަވީރު އޭދަފުށި ފުޓްބޯޅަ ދަނޑުގައި ކުޅެފިއެވެ. މި މެޗު 6-1 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ގޮއިދޫ ޓީމެވެ.

ފުރަތަމަ ހާފު ނިމުނު އިރު ގޮއިދޫ ޓީމު އެންމެ ލަނޑަކާ އެކު 1-0 އިން ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފުގައި ގޮއިދޫ ޓީމު ވަނީ އިތުރު 5 ގޯލު ޖަހައިފައެވެ. ކިހާދޫ ޓީމުގެ ހަމައެކަނި ލަނޑު ވެސް ފެނިގެން ދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ.

މިދެޓީމް އެންމެ ފަހުން ބައްދަލުކޮށްފައި ވަނީ 2012 ވަނަ އަހަރު އަތޮޅު ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިންލްގައެވެ. މިމެޗް 1-0 އިން ކާމިޔާބު ކޮށްފައިވަނީ ގޮއިދޫ ޓީމެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Ahmed

    ތީ ފެއިލްވެފައިވާ ކައުންސިލެއް….. ނޮވެންބަރުގަ ބާއްވަން އުޅޭ މުބާރާތެއް އަދި އެއުޅެނީ އިއުލާނު ނުކޮށް… ހީހީ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.