ބ އަތޮޅަށް ފުލުހުންގެ އާ ކޮމާންޑަރަކު ހަމަޖައްސައިފި

     އަތޮޅުތަކަށް އަލަށް ހަމަޖެއްސި ކޮމާންޑަރު، ސީޕީ ހުސެއިން ވަހީދުއާ އެކު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ޕޮލިސް

އަތޮޅުތަކަށް އަލަށް ހަމަޖެއްސި ކޮމާންޑަރު، ސީޕީ ހުސެއިން ވަހީދުއާ އެކު ފޮޓޯއެއް ނަންގަވަނީ.—ފޮޓޯ: ޕޮލިސް

 

ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ބ. އަތޮޅު ކޮމާންޑަރަކަށް ޕޮލިސް ސްޓޭޝަން އިންސްޕެކްޓަ އިބްރާހީމް ވަހީދު ހަމަޖައްސައިފި އެވެ.

މި މަގާމަށް އިބްރާހިމް ވަހީދު ހަމަޖައްސާފައި މި ވަނީ ކުރިން އެ މަގާމުގައި ހުންނެވި އާދަމް ޝަރީފް މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.

ބ. އަތޮޅުގެ އިތުރުން ބައެއް އެހެން އަތޮޅުތަކަށް ކޮމާންޑަރުންނަށް އަލަށް އައްޔަން ކުރެއްވި ފުލުހުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ކޮމިޝަނަރު އޮފް ޕޮލިސް ހުސެއިން ވަހީދެވެ.

އަތޮޅުތަކަށް އަލަށް ހަމަޖެއްސި ކޮމާންޑަރުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ފައްޓަވާނީ އަންނަ މަހުގެ 1 އިން ފެށިގެން ކަމަށް ފުލުހުންގެ ވެބްސައިޓްގައިވެ އެވެ.

ޑިވިޝަން ކޮމާންޑަރުންނަށާއި އަތޮޅު ކޮމާންޑަރުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވުމަށް ފަހު ސީޕީ ހުސެއިން ވިދާޅުވީ އެ ޑިވިޝަނެއްގައި އަދި އަތޮޅެއްގައި ހިނގާ ހުރިހާ ކަންކަން ގާތުން ބައްލަވައި އަޅުއްވަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުއްވުމުގައި ފަސްނުޖެހުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މީގެ އިތުރުން ކޮންމެ ކޮމާންޑަރަކަށް ވެސް ގާނޫނުގެ ތަރަހައިގެ ތެރޭގައި އަދި ފުލުހުން އަމަލުކުރުމަށް ހެދިފައިވާ އެންމެހައި ގަވާއިދުތަކުގެ ތެރޭގައި މިނިވަން ކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމުގައި ކޮމިޝަނަރު ވިދާޅުވި ކަމަށް ފުލުހުންގެ ވެބްސައިޓްގައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.