ކުޅިވަރުތަކުން އޭދަފުއްޓަށް ލިބުނު ކާމިޔާބީ ފާހަގަ ކޮށްފި

ކުޅިވަރު މުބާރާތްތަކުން އޭދަފުށި ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ހަފްލާގެ ތެރެއިން
ކުޅިވަރު މުބާރާތްތަކުން އޭދަފުށި ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ހަފްލާގެ ތެރެއިން

 

ފާއިތުވި އަހަރު ބޭއްވި ތަފާތު ކުޅިވަރު މުބާރާތްތަކުން ބ. އޭދަފުއްޓަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަފުލާއެއް ބާއްވައިފި އެވެ.

ރޭ ކޮރަލް ޕާކް ރެސްޓޯރަންޓްގައި އޮތް ހަފުލާގައި މިދިޔަ އަހަރު ބ. އަތޮޅަށް ހުޅުވާލައިގެން ބޭއްވި ބާ އެޓޯލް ފުޓްބޯލް ޗެލެންޖުގެ ޗެމްޕިއަންކަން ހޯދި އޭދަފުށީ ފުޓްބޯޅަ ޓީމަށާއި ހަވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގައި ބައިވެރިވެ ތަށި ދިފާއު ކުރި އޭދަފުށީ ބީޑީސީ އަދި މިދިޔަ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި އައިލެންޑް ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ހިދުމަތް ފާހަގަކޮށް ސެޓްފިކެޓް ދިނުން ވެސް އޮތެވެ.

DSC_2202

މި ހަފްލާގައިވަނީ އަތޮޅު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާ ގުޅިގެން ޔޫ ސްޕޯޓްސްއިން އޭދަފުށީ ފުޓްބޯޅަ ޓީމަށްދިން 30،000 ވެސް ޓީމާ ހަވާލުކޮށްފަ އެވެ.

މި ހަފުލާގައި އޭދަފުށީގައި ހުރި އޮފީސްތަކުގެ އިސްވެރިންނާއި ގުޅުން ހުރި ފަރާތްތަކުން ބައިވެރިވި އެވެ.

އޭދަފުށީ ކައުންސިލުން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ކުޅިވަރު މުބާރާތްތަކުން ރަށަށް ރީތިނަމާއި ކާމިޔާބީ ހޯދާ ފަރާތްތަކުގެ އަގުވަޒަންކުރާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.