ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މި އަހަރުގެ ފަހު އިމްތިހާންގެ ޓެސްޓް މިއަދު ފަށައިފި އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނިގޮތުގައި މިއަދު ޓެސްޓް ފަށައިފައި ވަނީ ހަމައެކަނި ސެކަންޑަރީ އަދި ހަޔާ ސެކަންޑްރީ ގްރޭޑް ތަކަށެވެ. ޕްރައިމަރީ ސްކޫލުތަކުގެ ޓެސްޓް ފަށާނީ އަންނަ އަންގާރަ ދުވަހު އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ތައުލީމީ ކަލަންޑަރުގައިވާ ގޮތުން އަހަރު ފަހު އިމްތިހާނަށް ފަހު ރިޕޯޓް ދީ މި އަހަރުގެ ބޮޑު ޗުއްޓީ ފެށޭނީ ނޮވެމްބަރު 20 ގަ އެވެ. އަދި 2015 ވަނަ އަހަރު ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 11 ގަ އެވެ.
އަހަރުގެ ފަހު އިމްތިހާން މިއަދު ފެށިއިރު މި އަހަރު އޯ-ލެވެލް ހަދާ ދަރިވަރުންގެ ކެމްބްރިޖް އިމްތިހާނު ވެސް މިހާރު ކުރިއަށް އެބަ ދެ އެވެ. އޯ-ލެވެލް އިމްތިހާން ނިމޭނީ ނޮވެމްބަރު 16 ގަ އެވެ.