ބޮޑު ޗުއްޓީއާ ދިމާކޮށް ހިތާނުކުރަން ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން “ހިތާނީ ކޭމްޕް” އެއް ބ. އަތޮޅުހޮސްޕިޓަލުގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ބ. އަތޮޅު ހޮސްޕިޓަލުގެ އެސިސްޓެންޓް މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި އަންނަ ޑިސެމްބަރުމަހު ތެރޭ އެ ހޮސްޕިޓަލުގައި ބާއްވާ ކޭމްޕަގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.
ޗުއްޓީއާ ދިމާކޮށް، ހިތާނުކުރަން ބޭނުންވާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތެއް ހޯދައިދިނުމަށް ފަހަކަށް އައިސް ކޮންމެ އަހަރަަކުވެސް އަތޮޅުހޮސްޕިޓަލުގައި ހިތާނު ކުރުމުގެ ކޭމްޕެއް ބާއްވަ އެވެ.