އަންނަ މަހު ފަހު ކޮޅު ބާއްވާ ބ. އަތޮޅު ފުޓުބޯޅަ ޗެލެންޖުގައި ވާދަ ކުރާ އޭދަފުށީ ފުޓްބޯޅަ ކޯޗަކަށް ޝާފީ އަލީ އަދި މެނޭޖަރުކަމަށް އަބްދުލްމަޖީދު ހަސަން (ރެފްރީ މަޖީދު) ހަމަޖައްސައިފި އެވެ.
ޓީމުގެ އޮފިޝަލުން ހަމަޖައްސައިފައި ވަނީ ރޭ ބޭއްވި ފުޓުބޯޅަ ޓީމުގެ ކޮމިޓީ ބައްދަލުވުމުގައެވެ. އެސިސްޓެންޓް މެނޭޖަރަކަށް ހަމަޖައްސާފައިވަނީ ކުރިން ފުޓްބޯޅަ މުބާރާތްތައް އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އަހުމަދު ނާސިރު އެވެ.
ކިޓް މެނޭޖަރަކަށް ހަމަޖެއްސީީ މުހައްމަދު އިބުރާހިމް (ގަހާބެ) އެވެ. ޓީމުގެ އެސިސްޓެންޓް ކޯޗެއް އަދި ހަމަޖައްސައިފައެއް ނުވެއެވެ.
މިދިޔަ އަންގާރަ ދުވަހުން ފެށިގެން އޭދަފުށީ ފުޓްބޯޅަ ޓީމު ދަނީ މުބާރާތަށް ފަރިތަކުރަމުންނެވެ. އަންނަ މަހު ފަހުކޮޅު ފަށާ މި މުބާރާތުގައި މިއަތޮޅުގެ 8 ރަށަކުން ވާދަ ކުރެ އެވެ.
ފަސްޓް އެއިޑް އަކަށް މިދިޔައަހަރު ޓީމުގެ ފަސްޓްއެއޑް ޝާހިދު