ކަރަންޓް މައްސަލަ ހައްލުކޮށްފި

10542911_564327093673624_7421005565409657913_n

ބ. އޭދަފުށީ އިންޖީނުގޭގައި އަލައް ބެހެއްޓި ޖަނަރޭޓަރަށް ދިމާވި މައްސަލަ މިރޭ މުޅިން ހައްލުވެ ކުރިއެކޭ ވެސް އެއްގޮތަށް މިހާރު ރަށުގެ ހުރިހާ ސަރަހައްދަކަށްވެސް ކަރަންޓް ލިބޭނެ ކަމަށް އޭދަފުށީ އިންޖީނުގެއިން  ބުނެފި އެވެ.

ފެނަކަ އޭދަފުށީ އިންޖީނުގޭގެ އިސް އޮފިޝަލަކު ވިދާޅުވީ ރަށު ކައުންސިލުން ހަދިޔާކުރި އިންޖީނަށް އިއްޔެ ހަވީރު ދިމާވި މައްސަލަ މުޅިން ހައްލުވެފައި ވަނީ މިރޭ 8 ޖަހާކަން ހާއިރު ކަމަށެވެ.

އިންޖީނަށް ދިމާވި މައްސަލަ އާ ގުޅިގެން އިއްޔެ ހަވީރުން ފެށިގެން ރަށުގެ އެކި ސަރަހައްދުތަކުން  ދޭތެރޭ ދޭތެރެއިން އިންޖީނު ގެއިން ދިޔައީ ކަރަންޓް ކަނޑަމުންނެވެ.

ޖަނަރޭޓަރަށް ދިމާވި މައްސަލައާ ގުޅިގެން ކަރަންޓް ކަނޑަން ޖެހުމުގެ ސަބަބުން އާއްމުންނަށާއި ވިޔަފާރިވެރިންނަށާއި އަދި ސަރުކާރު އޮފީސްތަކަށް މިއަދު ވަނީ ދަތިތައް ކުރިމަތިވެފަ އެވެ.

އޭދަފުށީ އިންޖީނުގެއިން ބުނީ ހުރިހާ ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓްގެ ހިދުމަތް ދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މިދިޔަ މަހު އޭދަފުއްޓަށް ގެނެސްފައިވާ 600 ކިލޯ ވޮޓްގެ އާ ޖަނަރޭޓަރު ބޭނުންކުރަން ފެށުމުން ކަރަންޓްގެ މައްސަލަ ވަރަށް ބޮޑަށް ހައްލުވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.