ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ އަތޮޅު ފުޓްބޯޅަ މުބާރާތުގެ ގުރުލުން އަންނަ ނޮވެމްބަރު މަގުގެ ދިހަ ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.
މުބާރާތް އިންތިޒާމުކުރާ ޔޫ ސްޕޯޓްސް އިން މި މުބާރާތުގެ ގުރުލުން އޮންނާނީ ނޮވެމަބރު މަހުގެ 10 ވަނަ ދުވަހުގެ ރޭ 8:30 ގައި ސަލްސާ ރޯޔަލްގައެވެ.
ބޮޑު ޗުއްޓީ ބަންދާ ދިމާކޮށް އަންނަ މަހު ފަހުކޮޅު ފަށާ މުބާރާތުގައި މިއަހަރުވެސް ބ. އަތޮޅުގެ އަށް ރަށަކުން ވާދަ ކުރެއެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން އޭދަފުއްޓާއި، ގޮއިދޫ އާއި ކިހާދޫ، ކުޑަރިކިލު، ކެންދޫ، ދަރަވަންދޫ އަދި ދޮންފަނުގެ އިތުރުން ފެހެންދޫ އެވެ.
2012ވަނަ އަހަރު ފެށި ބ. އެޓޯލް ފުޓްބޯލް ޗެލެންޖުން ހުނަރުވެރި ޒުވާން ގިނަ ކުޅުންތެރިން އަންނަނީ ފާހަގަކުރެވެމުންނެވެ.
އަތޮޅު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވި ޓީމް ތަކާ ބެހޭ މައުލޫމާތު ޢީޓީ ގެނެސްދީފިއްޔާ ސަޅިވާނެ