އޭދަފުށީގައި ކަރަންޓް މަދުން ބޭނުންކުރަން އެދިއްޖެ

ފެނަކަ އޭދަފުށީ އިންޖީނުގެ. ދެން ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތި ނުވާނެކަމަށް އެތަނުން ބުނޭ-- ފައިލް ފޮޓޯ
ފެނަކަ އޭދަފުށީ އިންޖީނުގެ. — ފައިލް ފޮޓޯ

 

އޭދަފުށީ އިންޖީނުގޭގައި އެންމެފަހުން ބެހެއްޓި ޖަނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލައެއް ހައްލުކުރުމަށްޓަކައި އެ ޖަނަރޭޓަ މަރާމާތު ކުރާތީ، އޭދަފުށީގައި ކަރަންޓް ބޭނުންކުރާ މިންވަރު މަދުކުރުމަށް އެ ތަނުން މިއަދު އެދެފި އެވެ.

އެގޮތުން އިންޖީނުގައިން ވަނީ އޭދަފުށީގެ ސަރުކާރު އޮފީސްތަކަށް ގުޅައި ލޯޑް މަތިވާ ތަކެތި ބޭނުން ނުކުރުމަށް އެދިފައެވެ.

އެހެންވެ އިންޖީނަށް ދިމާވި މައްސަލަ މުޅިން ހައްލު ކުރެވެންދެން ކަރަންޓް ބޭނުންކުރާ މިންވަރު މަދުކުރުމަށްޓަކައި އެއާކޮންޑިޝަން ފަދަ މަތީ ކަރަންޓް ބޭނުންވާ ތަކެތި ބޭނުންނުކުރަން އިންޖީނުގެއިން އެދެ އެވެ. މިގޮތަށް ކަރަންޓް ބޭނުންކުރައްވާ މިންވަރު މަދުކުރެވިއްޖެނަމަ، އެއްވެސް ސަރަހައްދަކުން ކަރަންޓް ކަނޑާނުލާ ހިދުމަތް ދެވިދާނެ ކަމަށްވެސް އެތަނުން ބުނެއެވެ.

ފަހަކަށް އައިސް އޭދަފުއްޓަށް ކަރަންޓް ފޯރުކޮށްދޭ އިންޖީނުތަކަށް ލޯޑް ބޮޑުވުމުގެ އިތުރަށް ތަފާތު އެކި މައްސަލަތައް ދިމާވެގެން ކަރަންޓް ކެނޑުމަކީ ވަރަށް އާންމު ކަމެކެވެ.

މިދިޔަ އަންގާރާދުވަހު އެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން ވޭތުވެދިޔަ ދެ ދެދުވަހު އެކި ސަރަހައްދުތަކުން ދޭތެރެ ދޭތެރެއިން ދިޔައީ ކަރަންޓް ކަނޑަމުންނެވެ. ނަމަވެސް ރޭ ވަނީ ކަރަންޓް މައްސަލަ ވަގުތީގޮތުން ހައްލުކޮށްފަ އެވެ.

މިގޮތަށް ދޭތެރެ ދޭތެރެއިން ކަރަންޓް ކެޑުމުން އާންމުންނަށް ވަރަށް ބޮޑަށް ދަތިވާ، އަދި ގެއްލުންތަކެއް ވެސް ލިބެމުންދާ ކަމެއްކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ.

ޖަނަރޭޓަރު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ވެސް އިންޖީނުގެއިން ބުނެ އެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.