ދިރާގު ހިދުމަތްތަކަށް ދިމާވި ބޮޑެތި މައްސަލަތައް ހައްލުކޮށްފި

ދިރާގު މައި އިމާރާތް: ހޮނު އެޅުމުގެ ސަބަބުން ދިރާގުގެ މުވާސަލާތީ ހިދުމަތްތަކަށް ވަނީ ދަތިތަކެއް ކުރިމަތިވެފައި. --ހަވީރު ފައިލް ފޮޓޯ
ދިރާގު މައި އިމާރާތް: ހޮނު އެޅުމުގެ ސަބަބުން ދިރާގުގެ މުވާސަލާތީ ހިދުމަތްތަކަށް ވަނީ ދަތިތަކެއް ކުރިމަތިވެފައި. –ހަވީރު ފައިލް ފޮޓޯ

 

ރޭ ފަތިހު މާލެ އަށް ކުރި ވިއްސާރާގައި ހޮނުއެޅުމުގެ ސަބަބުން ދިރާގު ފޯނު ހިދުމަތްތަކަށް ދިމާވި ބޮޑެތި މައްސަލަ ހައްލުކޮށްފި އެވެ.

ރޭ ފަތިހު ހޮނުއެޅުމުގެ ސަބަބުން، މުއާސަލާތީ ޚިދުމަތްދޭ އެންމެ ބޮޑު ކުންފުނިން ފޯނުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ސިސްޓަމްގައި މައްސަލަތަކެއް ޖެހުމުގެ ސަބަބުން ފޯނު ކުރުމާއި އެސްއެމްސް އަދި މޮބައިލް ޑޭޓާ ބޭނުންކުރުމުގައި ދަތިތަކެއްވަނީ ކުރިމަތިވެފަ އެވެ.

ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު މިރުޝާން ވިދާޅުވީ ދިރާގުގެ ހިދުމަތަށް ދިމާވި ބޮޑެތި މައްސަލަ ހައްލުވިޔަސް، ހިދުމަތް ބޭނުން ކުރުމުގައި ކަސްޓަމަރުންނަށް ދަތިތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

“ދިރާގުގެ ހިދުމަތަށް ދިމާވި ބައެއް މައްސަލަ އަދިވެސް ހައްލުނުކުރެވޭ. އެ މައްސަލަ ހައްލު ކުރުމުގެ ތެރޭގައި ހިދުމަތަށް ބުރޫ އެރުމަކީ އެކަށީގެންވާ ކަމެއް،: މިރުޝަން ވިދާޅުވި އެވެ.

ދިރާގުން ވަނީ މި މައްސަލަ ދިމާވި ކަމަށްޓަކައި ހުރިހާ ކަސްޓަމަރުންގެ ފަރާތުން މައާފަށް އެދިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.