
ދިރާސީ އާއަހަރު ފެށޭއިރު ސްކޫލުތައް ހުންނާނީ ދަރިވަރުންނަށް ބޭނުންވާމިންވަރަށް ތައްޔާރުވެފައިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ދިޓީވީގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިމާދު ޞާލިހް ވިދާޅުވީ، މިއަހަރުގެ ދިރާސީ އަހަރު ފެށޭއިރު ސަކޫލްތަކުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ސްކޫލްތަކުގެ މަރާމާތުގެ މަސައްކަތްތަކާއި ޓީޗަރުން ހަމަކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް ޢިމާދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދިރާސީ އާއަހަރަށް ތައްޔާރުވުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް އެމިނިސްޓްރީން ކުރަމުންދާކަމަށާ، މިއަހަރު ވަރަށް ކާމިޔާބު އަހަރެއްގެ ގޮތުގައި ފެށިގެންދާނެ ކަމުގެ ވަރަށްބޮޑު ޔަޤީންކަމެއް އެބައޮތްކަމުގައެވެ.
މިމަހު 14 ވަނަދުވަހު މިއަހަރުގެ ދިރާސީ އާއަހަރު ފެށޭއިރު ސްކޫލްތަކަށް ބޭނުންވާ ގިނަ ޢަދަދެއްގެ ބިދޭސީ ޓީޗަރުންވެސް މިހާރު ގެނެސްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އެ މިނިސްތްރީން ބުނީ މިއަހަރު ވެގެންދާނީ ފަހުގެ ތާރީޚުގައިވެސް އެންމެ މައްސަލަ ކުޑަ ދިރާސީ އަހަރަށްކަމަށެވެ..