
އަލްޤައިދާގެ ލީޑަރު އުސާމާ ބިންލާދިން އަދިވެސް ދުނިޔޭގައި ހުރިކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ހާމަކުރައްވައިފިއެވެ. އެބޭފުޅާ މިގޮތައް މިހާމަކުރެއްވީ ބިންލާދިން މަރުވެއްޖެކަމަށް ޕާކިސްތާނުގެ އިންޓަރލިޖަންސާ ހަވާލާދީ އެގައުމުގެ ރައީސް އާސިފް އަލީ ޒަރުދާރީ ހާމަކުރެއްވުމުންނެވެ.
އޮބާމާގެ ސަރުކާރަށް ސަތޭކަ ދުވަސް ފުރުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން އެބޭފުޅާ ވިދާޅުވީ އަފްގާނިސްތާންގެ މައްސަލައަކީ ވަރައްބޮޑައް ކަންބޮޑުވާ މައްސަލައެއްކަމަށާއި އެމައްސަލަ ހައްލުކުރުމަށްޓާ އެބޭފުޅާއަށް ކޮއްދެވެންހުރި ކޮންމެ ކަމެއްވެސް ކޮއްދޭނެކަމަށެވެ. އެގޮތުން އިތުރު އެއްހާސް ސިފައިން ވެސް އަފްގާނިސްތާނަށް ފޮނުވައިދޭނެ ކަމަށް އޮބާމާ ހާމަކުރެއްވިއެވެ.
އަދިވެސް އިތުރައް ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ ސެޕްޓެމްބަރު އެގާރާގައި ހިގާދިޔަ ހާދިސާއަކީ އެމެރިކާގެ އެއްވެސް ދަރިޔަކުހަދާން ނެތޭނެ ހާދިސާއެއް ނޫންކަމަށާއި އެހާދިސާގައި މަރުވި މީހުންގެ ހައްގުގައި އަލްގައިދާއާ ދެކޮޅައް ތެދުވުމަކީ އެބޭފުޅާއަށް ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއް ކަމަށެވެ. މިގޮތުން ބިންލާދިންއާ އޭނާގެ ބައިވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކޮއްދެވެންހުރި ކޮންމެ ކަމެއްވެސް ކޮއްދޭނެ ކަމައް އޮބާމާ ވިދާޅުވިއެވެ.
އެތައްހާސް ބަޔަކާ މުހާތަބު ކުރައްވަމުން އޮބާމާ ވިދާޅުވީ އަޅުގަޑުމެންނަށް މިހާރުއޮތް ހަމައެކަނި ނުރައްކަލަކީ އަލްގައިދާއާއި ތާލިބާން ޖަމާއަތުގެ ޓެރަރިސްޓް ހަރަކާތްތައްކަމަށެވެ.
އޮބާމާ މިމޭރުމުން ވާހަކަ ދައްކާފައިވާއިރު މިދިޔަހޯމަދުވަހު ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ ވިދާޅުވެފައިވަނީ ބިންލާދިން މިހާރު ދުނިޔޭގައި ނެތްކަމަށެވެ. އަދި މިހަބަރަކީ އެގައުމުގެ އިންޓަލިޖަންސްއިން ވަރަށްބޮޑައް ކަށަވަރު ކޮއްދޭކަމެއް ކަމަށެވެ.
— ތަރުޖަމާ ސުހާނާ ހުސައިން