މާޅޮހު ބީޗުން ބޮޑުބައެއް ގިރައި، ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި!

މާޅޮހުު އުތުރު ފަރާތް ވަރަށް ބޮޑަށް ގިރާލާފައި

ބ. މާޅޮހު އުތުރު ފަރާތު ބީޗު ވަރަށް ބޮޑަށް ގިރައި، އެ ސަރަހައްދުގައި ހުރި ގެތަކުގެ ރައްޔިތުންގެ ބިރުވެރިކަމެއްގެ ތެރޭގައި ތިބެން ޖެހިފައިވާތީ އެކަމަށް ހައްލެއް ހޯދައި ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

މާޅޮހު ކައުންސިލުން ބުނީ އެރަށުގެ އުތުރު ފަރާތުން ވަރަށް ބޮޑު ބައެއް ގިރާފައިވާ ކަމަށެވެ. ޚާއްސަކޮށް ގެސްޓްހައުސްތައް ހުރި އުތުރު ފަރާތު ބީޗު ސަރަހައްދު އާދަޔާ ޚިލާފަށް ބޮޑަށް ގިރާފައިވާ ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.

“ގާތްގަނޑަކަށް 15-20 ފޫޓު ވަރު ގިރައިގެން ގޮސްފި. އެ ސަރަހައްދު ގޮޑު ދޮށުގައި ހުރި ބައެއް ރުއްތައް ވެސް ވަނީ ވެއްޓިފައި،”

މާޅޮހު ގިނަ ބަޔަކު ބުނާގޮތުގައި މިފަހަކަށް އައިސް ރަށްގިރުމުގެ މައްސަލަ އެރަށަކަށް ކުރިމައްޗެއް ނުވެއެވެ.  އެކަމަކު، މިއަހަރު އާދަޔާ ޚިލާފަށް ބޮޑަށް ގިރަން ފެށުމަކީ ނުރައްކަލުގެ އެލާމެއް ކަމަށް އެރަށު ގިނަ ބަޔަކު ދެކެ އެވެ.

މާޅޮހު އުތުރު ފަރާތު ގޮނޑުދޮށް ގިރާތީ ރައްޔިތުން ވެލިބަސްތާ ޖަހަން ނުކުމެ

“އެ ސަރަހައްދުގެ ބައެއް ރުއް ވެސް މިހާރު ވަނީ ވެއްޓިފައި، ގެސްޓްހައުސްތަކާއި ގިރާފައިވާ ތަނާ ދެމެދު މިހާރު ހުންނާނީ ގާތްގަޑަކަށް 10 ވަރަކަށް ފޫޓު،” މާޅޮހު މީހަކު ބުންޏެވެ.

ކައުންސިލުން ބުނީ ރަށް ގިރަން ފެށުމުން އެންވަޔަރަންމެންޓް މިނިސްޓްރީ އާއި ރައީސް އޮފީހާއި ޕްލޭނިން މިނިސްޓްރީއަށް މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި ދިރާސާއެއް ކޮށްގެން ވިޔަސް ރަށް ގިރާ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ބަޖެޓު ކުރަން ޕްލޭނިން މިނިސްޓްރީގައިވެސް އެދިފައިވާނެ ކަމަށް ވެސް މާޅޮހު ކައުންސިލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.