އަހަރު ނިންމާ ޕްރޮމޯޝަން އާއި އާ އަހަރުގެ ބޮޑު ސޭލް

އަހަރުނިމޭ ދުވަސްކޮޅާއި އާ އަހަރު ފެށޭ ދުވަސްވަރަކީ ވިޔަފާރި ވެރިންނަށް ވަރަށް ހާއްސަ ދުވަސް ވަރެކެވެ. މިދުވަސް ވަރަކީ ވިޔަފާރި ވެރިން ހޭބޯނަރައި ވަރަށް ބުރަކޮށް ވިޔަފާރީގައި އަވަދިނެތި އުޅެމުންގެންދާ ދުވަސްވަރެކެވެ. ބައެއް ވިޔަފާރި ތަކުގައި އަހަރު ނިންމާލަނީ ބޮޑު ސޭލަކާއި އެކުގަ އެވެ. އަނެއްބައި ވިޔަފާރިތައް އާ އަހަރު ފަށަނީ ވަރުގަދަ އަޒުމަކާއިއެކު ހަމައެހާމެ ބޮޑު ޕްރޮމޯޝަނަކާއި އެކުގައެވެ.

ވުމާއިއެކު އާ އަހަރު ފެށިގެން މިދަނީ ވިޔަފާރި ވެރިންގެ ވަރަށްބޮޑު ވާދަވެރި ކަމަކާއި އެކުގައެވެ. އެގޮތުން މިއަހަރުވެސް ފެށިގެން ދިޔައީ ގިނަފިހާރަ ތަކެއްގެ އާ އަހަރުގެބޮޑު ސޭލާ އެކުގައެވެ. އަނެއްބައި ފިހާރަތަކުން ހުސްވިއަހަރު ނިންމާލީ އަހަރުގެ ބޮޑު ސްޓޮކް ހުސްކޮށްލައި ބޮޑު ހިތްހަމަޖެހުމަކާއި އެކުގައެވެ.

މިފަހަރުގެ މި ސޭލްތަކަށް އީޓީގެ ޓީމުންވެސް ޒިޔާރަތްކޮށް އެ ސޭލްތަކުގެ ތަޖުރިބާވެސް ކުރެވުނެވެ. އަސްލު އަގުތަކާއި ސޭލްގެ އަގުތައް ވަރަށް ތަފާތުކަން ފާހަނގަ ކުރެވުނެވެ. ބައެއް ފިހާރަތަކުގައި މުދަލުގެ އަސްލު އަގުން %75  ގެ ޑިސްކައުންޓްވެސް ދީފައިވާކަން ފާހަގަ ކުރެވުނެވެ. އަދި އަނެއްބައި ފިހާރަތަކުން ތަފާތު ވައްތަރުގެ ހަދިޔާދިނުމާއި ލަކީޑްރޯ ކޫޕަންވެސް ވަނީ ދޫކޮށްފައެވެ. އެގޮތުން ނަސީބުނަމްބަރު ދިމާވާ ފަރާތަކަށް ބޮޑެތި އިނާމުތައްވެސްވަނީ ހުށަހަޅާފަ އެވެ.

މިދުވަސް ވަރަކީ ސްކޫލްތަކުގެ އާއަހަރު ކިޔެވުން ފެށެން ކައިރިވެފައިވާ ދުވަސްވަރު ކަމަށް ވުމުން އެންމެ ބާރު ބޮޑުވެފައި ވާކަމަށް އީޓީގެ ޓީމަށް ފާހަގަ ކުރެވިފައިވަނީ ދަރިވަރުންގެ ޔުނިފޯމްއަށް ބޭނުންވާ އެންމެހައި ތަކެތި ވިއްކާ ފިހާރަތަކާއި ބްކްޝޮޕް ތަކެވެ. އޭގެތެރޭގައި ކުދި ވެރިންގެ ޔުނިފޯމް ފެހުމަށް ބޭނުންކުރާ ފޮތި ވިއްކާ ފިހާރަ ތަކާއި ބޫޓް ވިއްކާ ފިހާރަތައް ފާހަގަ ކުރެވެއެވެ.

އެހެންކަމުން މިއީ ހުރިހާ ގޮތަކުންވެސް ވިޔަފާރީގެ ބޮޑު ދުވަސް ކޮޅެކެވެ. މިކަންކަން މިހެން ހުރިއިރު ދަތުރުފަތުރުގެ ވިޔަފާރިއަށްވެސް މިދުވަސްކޮޅު މިވަނީ ބޮޑުއީދެއް އައިސްފައެވެ. ގިނަބަޔަކު މާލެ ވިޔަފާރި ކޮށްލަން ދިއުމުގެ ސަބަބުން އޭދަފުށީގައި ފެރީގެ ހިދުމަތްދޭ ދެ ފަރާތަށްވެސް މިދުވަސްވަރު އޮންނަނީ އޮބިނޯވެފ ައެވެ. އަދި ދަރަވަންދޫ އެއަރޕޯޓަށް ދަތުރުކުރާ މޯލްޑިވިއަންއަށާއި ފްލައިމީއަށް ވެސްދަނީ މިދުވަސްވަރު ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ނަމަވެސް ބ އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމް ހުއްޓިފައިވާތީވެ އޭދަފުށީގެ ވިޔަފާރި ވެރިންނަށް ސޭލް އަޅުވައިލައިގެން މާއެދެވޭ ފައިދާތަކެއް ކުރަމުން ނުދާކަމަށް އޭދަފުށީގެ ވިޔަފާރި ވެރިން ދަނީ ބުނަމުންނެވެ. އަދިއެކަމާ ބައެއް ވިޔަފާރިވެރިންދަނީ ކަންބޮޑުވުންވެސް ފާޅުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.