އަތޮޅު ކައުންސިލް ބަށި މުބާރާތް މުޅި އަތޮޅަށް ހުޅުވާލައިފި

    އީދު ދުވަހު ބަށި ކުޅެނީ: ބ. އަތޮޅު ކައުންސިލުން ބާއްވާ ބަށިމުބާރާތް މުޅި އަތޮޅަށް ހުޅުވާލައިފި
އީދު ދުވަހު ބަށި ކުޅެނީ: ބ. އަތޮޅު ކައުންސިލުން ބާއްވާ ބަށިމުބާރާތް މުޅި އަތޮޅަށް ހުޅުވާލައިފި

 

ޗެމްޕިއަން ޓީމަށް ފަންސަވީސް ހާސް ރުފިޔާ ލިބޭ ބަށި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ބ. އަތޮޅު ކައުންސިލުން ބ. އަތޮޅަށް ހުޅުވާލައިފި އެވެ.

“ބ. އަތޮޅު ކައުންސިލުގެ ޒަމާނީ ބަށި މުބާރާތް 2014” ގެ ނަމުގައި ބާއްވާ މުބާރާތް ފަށަނީ ނޮވެމްބަރު 22 ވަނަ ދުވަހު އެވެ.

އަތޮޅު ކައުންސިލުން އަލަށްފަށާ މުބާރާތާ ބެހޭ ގޮތުން އަތޮޅު ކައުންސިލްގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މުޅި ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެމްބަރު 13 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އަދި މުބާރާތުގައި ކޮންމެ ރަށަކުންވެސް ބައިވެރިކުރެވޭނީ އެއް ޓީމުކަމަށް އޭނާ ވިދާޅުވި އެވެ.

އަތޮޅު ކައުންސިލުން ބުނިގޮތުގައި މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގެ ތާރީހީ ކުޅިވަރެއް ކަމަށްވާ ބަށި ތަރައްގީކޮށް މުބާރާތްތަކުގައި ވާދަ ނުކުރެވޭ އަންހެން ކަނބަލުންތަކަށް އެ ފުރުސަތު ހޯދައިދިނުމެވެ.

އަތޮޅު ކައުންސިލުން ބުނީ ޗެމްޕިއަން ޓީމަށް 25،000ރ. ދޭއިރު ދެ ވަނަ ޓީމަށް 15،000ރ. ލިބޭނެ ކަމަށެވެ.

އަތޮޅު ކައުންސިލުން ބުނީ މުބާރާތުގައި ބައިވެރިވުމުގެ ފޯމް އަދި ގަވައިދު ރަށު ކައުންސިލުތަކުގެ އިދާރާއިން ލިބެން ހުންނާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. hamees

    މި މުބާރަތް ކައުންސިލަރުންނަށް ބޭއްވޭނެބާ ؟ އަޅުގަނޑަށް ހީވަނީ މުބާރަތް 3 ހަފްތާއަށް ދެމިގެން ދާނެހެން އެއީ ، ކައުންސިލަރުން ތިބެގެން މި މުބާރަތް ބާވަންޏާ ހަފްތާއަކު 2 ދުވަހު މި މުރާތުގެ ކުޅުން ކުރިއަށް ދާނީ….. ކުރާނެ ކަމެއް ނެތީޔާ ރަށުގަ ތިބެބަލަ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.