އޭދަފުށީގައި އަންނަ އަހަރު 47 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގަން ބަޖެޓްކޮށްފި

އޭދަފުށީ ބިން ހިއްކުމުގެ މަސައްކަތް ކަތުގެ ތެރެއިން. އޭދަފުށީގައި އަންނަ އަހަރު 47 މިލިއަން ރުފިޔާގެ މަޝްރޫއެއް ހިންގަންވަނީ ބަޖެޓްކޮށްފައި—ފައިލް ފޮޓޯ:
އޭދަފުށީ ބިން ހިއްކުމުގެ މަސައްކަތް ކަތުގެ ތެރެއިން. އޭދަފުށީގައި އަންނަ އަހަރު 47 މިލިއަން ރުފިޔާގެ މަޝްރޫއެއް ހިންގަންވަނީ ބަޖެޓްކޮށްފައި—ފައިލް ފޮޓޯ:

 

އޭދަފުށީގައި އަންނަ އަހަރު ކުރިއަށް ގެންދާ މަޝްރޫއުތަކަށް 47 މިލިއަން ރުފިޔާ ޚަރަދު ކުރަން ނިންމައި، އޭގެ ތަފުސީލުތައް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ތަފުސީލުތައް ބުނާ ގޮތުން އޭދަފުށީގައި ޖުމްލަ ހަތް މަޝްރޫއެއް ހިންގާނެ އެވެ. އޭގެ ތެރޭގައި އަންނަ އަހަރު އަލަށް ފަށާ ފަސް މަޝްރޫއެއްގެ އިތުރުން މިހާރު ހިންގަމުން ގެންދާ މަޝްރޫއުތައް ވެސް ހިމެނެ އެވެ. އޭދަފުށީގައި އަލަށް ފަށާ ގޮތަށް ހަމަޖެހިފައި ވަނީ އޭދަފުށީގައި ފުލުހުން އަޅާ 10 ގޮޅީގެ ގޮޅިބަރި އަކާއި އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑްކުރުމާއި ހިއްކާފައިވާ ބިން ހިމާޔަތްކުރުމުގެ މަޝްރޫއަކާއި މަގު ހެދުމުގެ މަޝްރޫއެކެވެ. މީގެ އިތުރުން 43 ރަށެއްގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއު ވެސް އޭދަފުށީގައި ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މިއީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކަށް ވީ ނަމަވެސް، މި ބަޖެޓް އަދި އޮތީ ކޮމެޓީ މަރުހަލާގަ އެވެ. އެހެން ނަމަވެސް، ޕީއެސްއައިޕީގެ ތެރޭގައި ހިމަނާފައިވާ މަޝްރޫއުތަކަށް ރައްޔިތުންގެ މަޖިލީހުން އާންމުކޮށް ބޮޑެތި ބަދަލުތަކެއް ގެންނަމުން ނުދާތީ، މި މަޝްރޫއުތަކަށް މަޖިލީހުން ރުހުން ދިނުމަކީ އެކަށީގެންވާ ކަމެކެވެ.

އޭދަފުށީގައި ފުލުހުން އަޅާ 10 ގޮޅީގެ ގޮޅިބަރިއަކީ ތިން އަހަރުގެ މަޝްރޫއެކެވެ. މި މަޝްރޫއަށް ޖުމްލަ 1.7 މިލިއަން ރުފިޔާ ހޭދަވާއިރު އަންނަ އަހަރަށް ކަނޑައަޅާފައި ވަނީ 255،000ރ. އެވެ. އަދި 2016ގައި 1.2 މިލިއަން، އަދި ޖެހިގެން އަންނަ އަހަރު 170،000ރ. ހޭދަކުރަން ވަނީ ބަޖެޓްކޮށްފަ އެވެ.

އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމަކީ ވެސް ތިން އަހަރުގެ މަޝްރޫއެކެވެ. މި މަޝްރޫއަށް ޖުމްލަ ހޭދަވަނީ 1.18 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން އަންނަ އަހަރު 59،000ރ. ހޭދަކުރުމަށް ފަހު ޖެހިގެން އަންނަ އަހަރު 1.1 މިލިއަން ރުފިޔާ އަދި 2017 ވަނަ އަހަރު 700،000ރ. ހޭދަކުރަން ވަނީ ހަމަޖައްސައިފަ އެވެ.

ރަށުގައި މިހާރު ހިނގަމުންދާ ބިން ހިއްކުމުގެ މަޝްރޫއަކީ އަންނަ އަހަރު ކުރާނެ މި ރަށަށް އެެންމެ ބޮޑު ހޭދައެއް ކުރާނެ މަޝްރޫއެވެ. މި މަޝްރޫއަށް މި އަހަރާ އެކު ޖުމްލަ 143 މިލިއަން ރުފިޔާ ހަރަދުކުރާއިރު އަންނަ އަހަރު 20.3 މިލިއަން ރުފިޔާ މި މަޝްރޫއަށް ހޭދަކުރާނެ އެވެ. މީގެއިތުރުން ބިންގަނޑު ހިފެހެއްޓުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތަކަށް އަންނަ އަހަރު 19 މިލިއަން ރުފިޔާ ހޭދަކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. މި މަޝްރޫއުގެ ނުނިމިއޮތް ބައި 2016 ވަނަ އަހަރު ނިންމާއިރު އެ އަހަރު ހޭދަކުރަން ހަމަޖައްސާފައި ވަނީ ފަސް ލައްކަ ރުފިޔާ އެވެ. ބިންގަނޑު ހިމާޔަތް ކުރުމުގެ މަސައްކަތަކީ މިހާރު ބަޔަކާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. fathimath rasheedha

    ހިއްކިތަނަށް އަރަން އެންމެ ހައްގުކަންބޮޑީ ރީނދޫ ބައިގަޑު. ޕީޕީ މީހުންނަށް ހަޖަމް ނުވިޔަސް އޭދަފުށީ ބިންހިއްކުމަށްޓަކައި ނަޝީދުގެ ސަރުކާރުން އިޢުލާންކޮށް ހަދަންޖެހޭ ހުރިހާ ސާރވޭއެއްހަދާ ނިންމިތަނާ ނަޝީދުގެ ސަރުކާރު ވައްޓާލީ ! ޔާމީނު ރައީސްކަމަށް ވަޑައިގެން ކުރައްވަންޖެހުނީ ވެލިނަގާ ބޯޓްގެނެސް ވެލިތައް އޮއްސާލާފައި ހިއްކާލުން. ނަޝީދުގެ ސަރުކާރުން އޮތީ އޭގެކުރިންކުރަންޖެހޭ ހުރިހާ ކަމެއް ކޮށްފަ. ބަލަ ބިންހިއްކީ ރައްޔިތުންގެ ފައިސާއިންނޭ. ހަޖަމް ކޮށްބަލަ . މިހާރު މިއިންތިޒާރުކުރަނީ އެގްރިމެންޓްތަކުގައި ސޮއިކުރުމުގެ ބަދަލުގައި ހިލަކޮޅު ޖެހޭނެ ދުވަހަކަށް ………………………………؟

    ރައްދު
  2. kaabe

    އެމްޑީޕީ މީހުން ވަރަށްދެރަވާނެ، އަސަރުވެސްކުރާނެ، އެކަމަކު މިފެންނަނީ ރަގަޅުވެރިއެއްގެ އިޚްލާސްތެރިކަން، ބުނި ބިންވެސް ނުހިއްކޭނެއޭ، އެކަމަކު އެއޮތީ ހިއްކާފަ. އެންމެގިނައިން ފަސްގަޑަށް އަރާދުވެހަދަނީވެސް ރީދޫބައިގަޑު.

    ރައްދު
  3. qabbe

    ރައްޔިތުން ލޮލުގަ އަދުން އެޅުވިޔަސް ބޮޑުވަރު.. މިދިޔައަހަރު ބަޖެޓްކުރި އެއްގަމު ތޮށިލުމުގެ މަސައްކަތް އަދިވެސް ނުފެށޭ!! 10 ގޮޅި އަޅަން 3 އަހަރު؟؟؟

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.