ބ. އަތޮޅު ކޮންޒަވޭޝަން ފަންޑުން ހަތް ޕްރޮޖެކްޓަކަށް އެއްލައްކަ ޑޮލަރު ދީފި

ބ. އަތޮޅު ކޮންޒަވޭޝަން ފަންޑުން އެ އަތޮޅުގައި ހަތް މަޝްރޫއެއް ހިންގުމަށް އެއް ލައްކަ ޑޮލަރު ކަނޑައަޅައި، ހިލޭ އެހީގެ ލިޔުން މިރޭ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --ހަވީރު ފޮޓޯ ތޯރިގް އަބްދުއްރަހްމާން
ބ. އަތޮޅު ކޮންޒަވޭޝަން ފަންޑުން އެ އަތޮޅުގައި ހަތް މަޝްރޫއެއް ހިންގުމަށް އެއް ލައްކަ ޑޮލަރު ކަނޑައަޅައި، ހިލޭ އެހީގެ ލިޔުން މިރޭ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. –ހަވީރު ފޮޓޯ ތޯރިގް އަބްދުއްރަހްމާން

ބ. އަތޮޅު ކޮންޒަވޭޝަން ފަންޑުން މި އަތޮޅުގެ ހަތް ރަށެއްގައި ހަތް މަޝްރޫއެއް ހިންގުމަށް އެއް ލައްކަ ޑޮލަރު ކަނޑައަޅައި، ހިލޭ އެހީގެ ލިޔުން ހަވާލުކޮށްފި އެވެ.

މި ހިލޭ އެހީ ދޫކުރަން ނިންމީ، ބ. އަތޮޅުުގެ ގުދަރަތީ ވަސީލަތްތަކާއި ދިރޭ ތަކެތީގެ ނަސްލު ހިމާޔަތްކުރުމާ ބެހޭ ފަންޑުން، އަތޮޅުގެ ތަރައްގީ އަށް މަޝްރޫއުތައް ހިންގަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި ފުރުސަތުގައި އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހެޅި ހަތް ފަރާތަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ދަރަވަންދޫ ޑިވެލޮޕްމެންޓް ކޯޕަރޭޓިވް ސޮސައިޓީ އާއި ކެންދޫ ސްކޫލާއި ކިހާދޫ ފާމް ފައުންޑޭޝަނާއި މާޅޮހު އަންހެނުންގެ ކޮމެޓީ އާއި ތުޅާދޫ ކައުންސިލް އާއި ކުޑަރިކިލު ކައުންސިލުގެ އިތުރުން އޭދަފުށީ ފޭލި ޖަމިއްޔާ އެވެ.

ބ. އަތޮޅުގައި މި މަޝްރޫއުތައް ހިންގަން ހޮވުނު ފަރާތްތަކާ ހިލޭ އެހީގެ ލިޔުން ހަވާލުކޮށްދެއްވުމަށް ފަހު އެންވަޔަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ ބ. އަތޮޅު ކޮންޒަވޭޝަން ފަންޑު އެއް ދުވަހުން އަނެއް ދުވަހަށް ތަރައްގީވެ ކުރިއަރާނެ ކަމަށެވެ. އަދި ފަންޑު ކުރިއެރުމަށް ކުރިއަށް އޮތް ތަނުގައި ވެސް އިތުރު މަސައްކަތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބ. އަތޮޅަކީ ބަޔޯސްފިއަ ރިޒާވެއްގެ ގޮތުގައި ކަނޑައަޅައި ޔުނެސްކޯ އިން ދީފައިވާ ޝަރަފް ދެމެހެއްޓުމަކީ ސަރުކާރާއި ރައްޔިތުންގެ ވެސް ވަރަށް ބޮޑު ޒިންމާއެކެވެ. އެކަމުގައި އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮންޒަވޭޓިވް ފަންޑުން އެކި ޕްރޮޖެކްޓްތައް ހިންގަން 2012 ވަނަ އަހަރު ހުޅުވާލި ފުރުސަތުގައި 26 ފަރާތަކުން ޕްރޮޕޯސަލް ހުށަހެޅި އެވެ. އެ ފަންޑު އުފެއްދީ އެ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.