“އަމިއްލަފުށި” ރިސޯޓް އަންނަ މަހު ހުޅުވަނީ

އަމިއްލަފުށީގެ ކޮޓަރިއެއް: މިއީ ފަހަކަށް އައިސް ރާއްޖޭގައި ހެދި އެންމެ ހިތްގައިމު އެއް ރިސޯޓް
އަމިއްލަފުށީގެ ކޮޓަރިއެއް: މިއީ ފަހަކަށް އައިސް ރާއްޖޭގައި ހެދި އެންމެ ހިތްގައިމު އެއް ރިސޯޓް

 

ބ. ފިނޮޅަހުގައި ހަދާފައިވާ ފެންވަރު މަތީ ރިސޯޓް “އަމިއްލަފުށި” އަންނަ މަހު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ބުނެފައިވާ ގޮތުގައި ބ. އަތޮޅުގެ ބަޔޮސްފިއާ ރިޒާވް ކައިރީގައި އޮންނަ ހިތްގައިމު ރިސޯޓްގައި 71 ކޮޓަރި ހުރެ އެވެ.

ބ. ކަނުފުށީގައި ހަދާ “ފިނޮޅު” ރިސޯޓް ވެސް އަންނަ އަހަރުގެ ތެރޭގައި ހުޅުވާނެ ކަމަށް އެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

އެ ދެ ރިސޯޓް ވެސް ހިންގާނީ ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި ކޯސްޓްލައިންގެ ހިއްސާ އޮންނަ ދަ ސްމޯލް މޯލްޑިވްސް ކޮމްޕެނީންނެވެ. ކޯސްޓްލައިނަކީ ބ. ދަރަވަންދޫގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރި ކުންފުންޏެވެ.

“އަމިއްލަފުށި” ބްރޭންޑް ނަމާ އެކު ހުޅުވާ ރިސޯޓުގައި 1200 މީޓަރުގެ ސްވިމިން ޕޫލަކާއި 15 ކޮޓަރީގެ ސްޕާއެއްގެ އިތުރުން ޔޯ އަދި ފިޓްނަސް ޕެވިލިއަންއެއް ވެސް ހުރެ އެވެ. އަދި އެ ރަށުގައި ކުޑަކުދިންނަށް ހާއްސަ ކުޅިވަރު ކުޅޭ ތަންތަނާއި ޑައިވިންގެ އިތުރުން މޫދު ކުޅިވަރު ކުޅެވޭނެ ގޮތްތައް ހަމަޖައްސާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ވެބްސައިޓްގައި ވާ ގޮތުން އަމިއްލަފުށީގެ ކޮޓަރިއެއްގެ އަގު ފެށޭނީ ރެއަކަށް 2000 ޑޮލަރުންނެވެ.

ދަރަވަންދޫ އެއާޕޯޓާ ވަރަށް ކައިރީގައި އޮންނަ އަމިއްލަފުށި މިހާރު ވެސް ވަނީ ރާއްޖޭގައި މި ފަހުން ތަރައްގީކުރި ހިތްގައިމު އަދި އެންމެ މަތީ ފެންވަރުގެ ރިސޯޓްތަކުގެ ލިސްޓްގައި ހިމެނިފަ އެވެ.  ޚަބަރު / ހަވީރު އޮންލައިން

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.