ބަހިއްޔާ ޕްރީ ސްކޫލުގައި ކިޔަވައިދޭނީ ވިލާ ކޮލެޖުގެ ކަރިކިއުލަމަށް

 

 

 

 

 

 

 

 

 

 

 

މިއަހަރު ދިރާސީ އަހަރު ފެށޭއިރު ބަހިއްޔާ ޕްރީ ސްކޫލުގައި ކިޔަވައިދޭނީ ވިލާ ކޮލެޖުގެ ކަރިކިއުލަމާއެއްގޮތަށް ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

ބަހިއްޔާ ޕްރީ ސްކޫލުގެ ހިންގުން ވިލާ ކޮލެޖާ ހަވާލުކުރުމާބެހޭގޮތުން ފުރަތަމަ ފަހަރަށް ރައްޔިތުންނާ މައުލޫމާތު ހިއްސާކުރައްވަމުން ކައުންސިލުން ބުނީ، ޕްރީސްކޫލު ވިލާކޮލެޖާ ހަވާލުކޮށްގެން ހިންގުމަށް މިހާރުއޮތީ ކޮންޓްރެޓްގައި ސޮއިކުރެވޭ ހިސާބުގައި ކަމަށާއި ދެތިންމަސްދުވަހުގެ ތެރޭގައި އެގްރީމެންޓްގައި ސޮއިކުރެވޭނެ ކަމަށެވެ. އަދި ކިޔެވުން ފެށޭއިރު ކޮންޓްރެކްޓަގައި ސޮއިނުކުރެވުނު ނަމަވެސް ދިރާސީ އަހަރު ފެށޭއިރު ކިޔަވައިދޭން ފަށާނީ ވިލާ ކޮލެޖުގެ ބެލުމުގެދަށުން އެ ކޮލެޖުން ތައްޔާރުކުރަމުންދާ ކަރިކިއުލަމާ އެއްގޮތަށް ކަމަށްވެސް ކައުންސިލުން ބުންޏެވެ.
ރައްޔިތުންނާ މައުލޫމާތު ހިއްސާކުރައްވަމުން ޝަކީލު ވިދާޅުވީ ބަހިއްޔާ ޕްރީ ސްކޫލުގެ ފެންވަރު މަތިކުރުމަށްޓަކައި ކައުންސިލުން ވިލާ ކޮލެޖަށް ވެދެވެންއޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމަށެވެ. އަދި އެއީ އަގުދަށްކުރަން ވިޔަސް ނުވަތަ ސަރުކާރުން ޕްރީ ސްކޫލު ހިންގުމަށްޓަކައި ލިބޭ އެހީ އެއް ހޯދައިގެންވެސް އެހީތެރިވެދެއްވާނެކަމަށް ޝަކީލު ވިދާޅުވި އެވެ.

“އެގޮތުން ވިލާ ކޮލެޖުގެ ބޭފުޅުން ވިދާޅުވެފައޮތީ އެބޭފުޅުންނަށް އިންޓަނޭޝަނަލް ފެންވަރަށް ބަހިއްޔާ ޕްރީ ސްކޫލު ހެދުމުގެ ކެޕޭސިޓީ އޮތްކަމަށް، އެކަމަކު އެބޭފުޅުން ބޭނުންވޭ ރައްޔިތުން ބޭނުންވަނީ ކޮންފެންރަކަށްތޯ ބަހިއްޔާ ސްކޫލު ހިންގަން، ނޫނީ ރައްޔިތުންނަށް އެކަން ކުރެވޭނީ ކޮންފެންވަރެއްގައި އެކަން ކޮށްގެންތޯ؟ ރައްޔިތުންގެ ފުދުންތެރިކަން ހުންނަވަރަކަށޭ އެކަން ގެންދެވޭނީ،” ޝަކީލު ވިދާޅުވި އެވެ.

މިއަހަރު ވިލާ އިން ޕްރީ ސްކޫލު ހިންގި ނަމަވެސް ބޮޑު ފީއެއް ނަގަން ގަސްތުނުކުރާ ކަމަށާއި މިއަހަރުވެސް ފީ އެއްގެ ގޮތުގައި ނަގާނީ ހަމަ ކުރިންސް ނެގި 50ރ ކަމަށް ކައުންސިލުން ބުންޏެވެ. ނަމަވެސް 250ރ. އަށްވުރެ އަގުބޮޑު ނުވާނެ ގޮތަކަށްފީނަގައިގެން އިންޓަނޭޝަނަލް ފެންވަރަށް ހިނގައިދެވޭތޯ ބަލާނެކަމަށް ވިލާއިން ބުނެފައިވާ ކަމަށް ރަށުކައުންސިލުނ ބުންޏެވެ.

“ފީ ބޮޑުކުރާނީ ރައްޔިތުންނަށްވެސް ބަލައިގަނެވޭނެ ހިސާބުން. އެއްއަހަރުވަރު މަސައްކަތް ކޮށްފައި. އޭގެ ފަހުން ފީ އަށް ބަދަލު ގެންނަން އެބޭފުޅުން ވިސްނާފައޮތީ. އޭރުން ރައްޔިތުންނަށްވެސް މިކަން ބަލައިގަނެވޭނެ ހިސާބަށް މިކަން ގެންގޮސް ދެވޭނެކަމަށް އެ ބޭފުޅުންވަނީ ވިދާޅުވެފައި. ވިލާކޮލެޖުން ގަބޫލެއް ނުކުރަމޭ ހަމަ ޓަސްލާފަ އަރާ އެ ސްޓޭޖު ހިފޭނެ ކަމަށް” ޝަކީލު ވިދާޅުވި އެވެ.

ވިލާ ކޮލެޖުންދަނީ ކައުންސިލާއި ގުޅިގެން މިރަށުގައި މަތީ ތައުލީމުގެ ކޯސްތަކެއް ފެށުމަށްވެސް ތައްޔާރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.