ފުލުހުންގެ ލޯންޗާއި ދޯންޏެއްޖެހި އެކްސިޑެންޓް ވެއްޖެ

މިރޭ އެކްސިޑެންޓްވި ފުލުހުންގެ ލޯންޗް -
މިރޭ އެކްސިޑެންޓްވި ފުލުހުންގެ ލޯންޗް ފަޅުތެރޭގައި

 

ބ. އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ފުލުހުންގެ ލޯންޗާއި ދޯންޏެއްޖެހި މިރޭ އިރާކޮޅު އެކްސިޑެންޓްވެއްޖެ އެވެ.

 މި އެކްސިޑެންޓް ހިނގީ ފުލުހުންގެ ލޯންޗު އޭދަފުށިން ފުރައިގެން ނެރުން ނުކުންނަނިކޮށް، ހަމަ އެވަގުތު ފަޅަށް ވަންނަން އައި މިރަށު “ޗާންދަނީ” ދޯނީގައި ޖެހިގެންނެވެ.

އެކްސިޑެންޓްވި ދޯނީގައި ތިބި މީހުން އޭދަފުއްޓަށް ފައިބަނީ
އެކްސިޑެންޓްވި ދޯނީގައި ތިބި މީހުން އޭދަފުއްޓަށް ފައިބަނީ

ނެރުމަތިން ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.

“މާ ބޮޑު ގެއްލުމެއް ނުވޭ އެއްވެސް އެއްޗަކަށް. ކުޑަކޮށް ކުރީ ކޮޅު ހަލާކުވި މީހަކަށް އަނިޔާއެއް ނުވޭ” މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އެކްސިޑެޓް ހިނގި ވަގުތު ފުލުހުންގެ ލޯންޗުގައި ފުލުހުންގެ އޮފިސަރު ލެވެލްގެ ބައެއް ބޭފުޅުން ތިއްބެވި އެވެ.

 

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. VCP Ali

    އަސްލު ތި ނެރުން އަދިވެސް ތިކަހަލަ ނުރައްކާތެރި ހާދިސާތައް ހިނގުން އެކަށީގެންވޭ.
    ދުންޖަހާފަ ވަދެނިކުމެ ހަދަނީ!!
    އެންމެންވެސް މިކަމަށް ވިސްނުން ބުއްދިވެރި.
    ތޮށިގަނޑު އުސްވީމަ މިހެން މިބުނަނީ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.