ގޮއިދޫ ފުޓްބޯޅަ ޓީމާއި ބަށި ޓީމުގެ ސްކޮޑް އެކުލަވާލައިފި

ގޮއިދޫ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން
ގޮއިދޫ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން

 

ބ. އެޓޯލް ފުޓްބޯލް ޗެލެންޖުގައި ބައިވެރިވާ ގޮއިދޫ ފުޓްބޯޅަ ޓީމާއި އަތޮޅު މުބާރާތުގައި ބައިވެރިވާ ބަށި ޓީމުގެ ސްކޮޑް އެކުލަވާލައިފި އެވެ.

 އެކަމަށް ހާއްސަ ކުރެވިގެން ރޭ ގޮއިދޫ ޕްރީ ސްކޫލްގައި ކުރިއަށް ގެންދިޔަ ހަފްލާއެއްގައި ބަށި ޓީމާއި، ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންގެ ނަންތައް އިއުލާން ކުރުމާއި، ފުޓްބޯޅަ ޓީމްގެ ކޯޗާއި، ކެޕްޓަންގެ އިތުރުން ވައިސް ކެޕްޓަންވެސް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ޖޯޒީ ނަމްބަރު ދިނުންވެސް މި ހަފްލާގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

2012 ވަނަ އަހަރު މުބާރާތުގެ ތަށި ހޯދީ ގޮއިދޫ ޓީމުގައި މިފަހަރުވެސް މާޒިޔާގެ ކީޕަރ މުޙައްމަދު އިމްރާން ހިމަނާފައިވެ އެވެ.

އިމްރާންގެ އިތުރުން އެއްވަނަ ޑިވިޝަނަށް ކުޅޭ އިތުރު ކުޅުންތެރިއަކު ޓީމުގައި ހިމަނާފައެއް ނުވެ އެވެ. މީގެ އިތުރުން މިދިޔަ އަހަރު އޭދަފުށީ ޓީމަށް ކުޅުނު ހުނަރުވެރި ދެކުޅުންތެރިން ކަމަށްވާ ޢަބްދުލް މަޖީދު އިބްރާހިމް (މަޖިއްޓޭ) އާއި އިޝާން އިބްރާހިމް (ސައްޓު) ވެސް ޓީމުގެ ސްކޮޑްގައި ހިމަނާފައިވެ އެވެ. 2012 ވަނަ އަހަރުގެ މުބާރާތުގައިވެސް މަޖިއްޓޭ ވަނީ ގޮއިދޫއަށް ކުޅެފަ އެވެ.

މިފަހަރުވެސް ޓީމްގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ކުރިން ދެއަހަރުވެސް އެ މަޤާމް ފުރި އާދަމް ނިޒާމް (ކިތުނާ) އެވެ. އަދި ވައިސް ކެޕްޓަނެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އިބްރާހިމް މާޖިދު އެވެ. ޓީމުގެ ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ބީޖީ ސްޕޯޓްސްގެ ކޯޗް މުޙައްމަދު އިޤްބާލު އެވެ.

ގޮއިދޫ ޓީމްގެ މެނޭޖަރު “އީޓީ” އާ ވާހަކަދައްކަމުން ބުނީ ކޯޗު އަދި ޓީމާއި ނުގުޅޭކަމަށާއި، އޭނާ ޓީމާއި ހަވާލުވާނީ މިމަހުގެ 15 ހިސާބުގައި ކަމަށެވެ.

މުޅި އަތޮޅަށް ހުޅުވާލައިގެން އަތޮޅު ކައުންސިލުން ބާއްވާ ބަށި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ގައެވެ. އަދި އެޓޯލް ފުޓްބޯލް ޗެލެންޖް ފެށުމަށް ހަމަޖެހިފައިވަނީ މިމަހު 29 ގައެވެ.

ގުޅުންހުރި ލިޔުންތައް

7 ކޮމެންޓް

  1. ނިޒާމް

    ގޮއިދޫ ޓީމުން ކުޅުންތެރިންގެ ހުނަރުބަލައި ކުޅުންތެރިންގެ އަގުވަޒަންކުރަނީ. އެންމެފަހު މުބާރާތުގައި އޭދަފުށިޓީމު ތަށިނެގީ ހުސް އޭދަފުށި ކުޅުންތެރިން ކުޅެގެނެއްނޫން. އޭދަފުށި ކުޅުންތެރިން އޭދަފުއްޓަށް ނުކުޅެ ގޮއިދޫ ޓީމަށް ކުޅެނީ ކޮންމެވެސް ސަބަބަކާހުރެދޯ.

    ރައްދު
  2. half eydhafushi half goidhoo

    ކުރިންފަހަރު ގޮއިދޫ ޓީމް މީހުން މާ ފޮނިވީ 2012 މޮޅުވީމަ…. ދެން މިފަހަރު ފޮނިނުވަށްޗޭ…. އޭރުން މޮޅު ވެދާނެ….. ހިހިހިހީހީހީހީހީ…………. ގުޑް ލަކް ދެން……

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.