އެޓޯލް ޗެލެންޖުގައި ބައިވެރިވާ ކިހާދޫ ޓީމުގެ ސްކޮޑް އާއްމުކޮށްފި

ކިހާދޫ ފުޓްބޯޅަ ޓީމް
ކިހާދޫ ފުޓްބޯޅަ ޓީމް

 

ބ. އެޓޯލް ފުޓްބޯލް ޗެލެންޖުގައި ބައިވެރިވާ ކިހާދޫ ޓީމް އެކުލަވާލައި އާއްމުކޮށްފިއެވެ.

އެއްވަނަ ޑިވިޝަން އެއްވެސް ކުޅުންތެރިއަކާއި ނުލައި އާއްމުކުރި މިފަހަރުގެ ޓީމުގައި ޒުވާން ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ހިމެނޭނޭކަމަށް އެ ޓީމުން ބުންޏެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި އެރަށުން ބައިވެރި ނުވިނަމަވެސް މިފަހަރުގެ މުބާރާތައް އެޓީމު އަންނަނީ ފޯރިއާއިއެކު ތައްޔާރުވަމުންނެވެ. 2012 ވަނަ އަހަރުގެ މުބާރާތުގައި ބައިވެރިވެ ކިހާދޫ ކެޓީ ސެމީ ފައިނަލްގައި ގޮއިދޫއާއި ވާދަކޮށް ބަލިވެގެންނެވެ.

އެއްވަނަ ޑިވިޝަންގެ ކުޅުންތެރިއަކު ނެތްނަމަވެސް ކުރިން ބީ.ޖީ އާއި އޭވައި.އެލް އަށް ކުޅެފައިވާ ކުޅުންތެރިއަކު ވަނީ މިފަހަރުގެ ޓީމުގައި ހިމަނާފައެވެ. އަދި ޓީމުގެ ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ހުރާ ޓީމުގެ އެސިސްޓެންޓް ކޯޗް އަތީފް އަޙްމަދުއެވެ. ކޯޗު ޓީމާއި ހަވާލުވާނީ މިމަހުގެ 20 ހިސާބުގައި ކަމަށް އެ ޓީމުން މަޢުލޫމާތުދެއެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެ ޓީމުންދަނީ އެކުވެރިކަމުގެ މެޗްތަކެއް ކުޅެމުންނެވެ. އެކުވެރިކަމުގެ ފުރަތަމަ މެޗްގައި އޭދަފުށީ ދަނޑުގައި ގޮއިދޫއާއި ބައްދަލުކުރި މެޗުން އެޓީމުވަނީ ބަލިވެފައެވެ. އަދި ކެންދޫ ފުޓްބޯޅަ ދަނޑުގައި، ކެންދުއާއި ބައްދަލުކުރި މެޗް ނިމުނީ 1-1 ން ދެޓީމު އެއްވަރުވެގެންނެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Kihaadhoo ބަތްޕޮޅި

    މިޓީމަށް ފަހުވަގުތު ގެނައި ބަދަލުތަކާއެކު މިއަށްވުރެ ފުރިހަމަ ޕްރޮފައިލެއް ޢީޓީ އިން ގެނަސްދޭނެ ކަމަށް އުންމީދުކުރަން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.