މުބާރާތް ހުޅުވައިދޭނީ ކުޑަރިކިލާއި ގޮއިދޫ

•ބ. އެޓޯލް ފުޓްބޯލް ޗެލެންޖްގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން:
• ބ. އެޓޯލް ފުޓްބޯލް ޗެލެންޖްގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން:

 

ބ. އަތޮޅަށް ހުޅުވާލައިގެން އޭދަފުށީގައި މި މަހު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ “ބ. އެޓޯލް ފުޓްބޯލް ޗެލެންޖް” ގެ ފުރަތަމަ މެޗުގައި ކުޑަރިކިލު އާއި ގޮއިދޫ ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ގޮތަށް ހަމަޖެހުނީ ސަލްސާ ރޯޔަލްގައި ގައި މިރޭ އޮތް މުބާރާތުގެ ގުރު ނެގުމުގެ ހަފުލާގަ އެވެ.

މި މަހުގެ 29 ވަނަ ދުވަހު ހަވީރު ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާ ކުޑަރިކިލާއި ގޮއިދު ލައްވާލީ ގްރޫޕް ބީ ގައެވެ. މި ގްރޫޕްގައި ދެންއޮތީ ކިހާދޫ އެވެ. ގްރޫޕް އޭ ގައި އޮތީ އޭދަފުއްޓާއި ދަރަވަންދޫ އާއި ދޮންފަނު އަދި ފެހެންދޫ އެވެ.

މިދިޔަ އަހަރުގެ ރަނާރަފް ކެންދޫ ޓީމު ތަފާތު އެކި ސަބަބުތަކާހުރެ، ފަހު ވަގުތުވަނީ މުބާރާތުން ވަކިވެފަ އެވެ.

މުބަރާތުގެ ސެމީ އަށް ދާނީ ކޮންމެ ގުރޫޕެއްގެ އެއްވަނަ ޓީމާއި ދެވަނަ ޓީމެވެ. ސެމީ ފައިންލުގެ މެޗުތައް އޮންނާނީ ޑިސެމްބަރު 6 އަދި 7 ގައެވެ. ފައިނަލް މެޗު އޮންނާނީ ޑިސެމްބަރު 9 ވަނަ ދުވަހު ހަވީރެވެ.

މި މުބާރާތް އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ އޭދަފުއްޓަށް ނިސްބަވްތާ ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ޖަމީލް (ޖަމްބޭ) އެވެ.

އޭދަފުށީ ޔޫ ސްޕޯޓްސް އާއި ފޭލި ޖަމިއްޔާ ގުޅިގެން ބާއްވާ މި މުބާރާތުގެ މިއަހަރު މެއިން ސްޕޮންސާ އަކީ އެސްޓީއޯ “ނޫފަހި” ބްރޭންޑް އެވެ. އަދި ކޯ ސްޕޮންސާ އަކީ މޯލްޑިވިއަން އެވެ.

 

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. The Ventiez

    އާންމުކޮށް ފުޓުބޯޅަ މުބާރާތްތަކުގައި ހުޅުވާ މެޗު ކުޅެނީ ގްރޫޕް އޭ ގެ ދެ ޓީމު.. އެއީ، (އޭ-1 އަދި އޭ-2) ، މި މުބާރާތުގައި ގްރޫޕް ބީ ގެ މަޗަކުން މުބާރާތް ފަށަނީ ކީއްވެކަމާމެދު ސުވާލު އުފެދޭ….!!!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.