އަންނަ އަހަރު ވިލާ ކޮލެޖުން ފަށާ ކޯސްތަކަށް ފުރުސަތު ހުޅުވާލައިފި

ވިލާ ކޮލެޖް އޭދަފުށި ކެމްޕަސް. އެ ކޮލެޖުން އަންނަ އަހަރު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި--
ވިލާ ކޮލެޖް އޭދަފުށި ކެމްޕަސް. އެ ކޮލެޖުން އަންނަ އަހަރު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި–

 

އަންނަ އަހަރުގެ ޖެނުއަރީ މަހު ވިލާ ކޮލެޖު އޭދަފުށީ ކެމްޕަހުގައި ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވިލާ ކޮލެޖު އޭދަފުށީ ކެމްޕަހުން ބުނީ ސެޓްފިކެޓް ލެވެލް އާއި ޑިޕްލޮމާ އާއި ޑިގްރީ އަދި މާސްޓާޒް ލެވެލްގެ ކޯސްތައް އަންނަ އަހަރު ކުރިއަށް ގެންދާއިރު ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އަންނަ އަހަރު އެ ކެމްޕަހުން އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ހޮސްޕިޓަލިޓީ އޮޕަރޭޝަންސް އާއި އެކައުންޓިން އާއި ބިޒްނަސް އެޑްމިނިސްޓްރޭޝަނާއި އާއި އެޑިޔުކޭޝަނަލް އެޑްމިނިސްޓްރޭޝަން އަދި އާލީ ޗައިލްޑް ހުޑް އެޑިއުކޭޝަންގެ އިތުރުން ޝަރީއާ އެންޑް އިސްލާމިކް ސްޓަޑީޒްގެ ކޯސްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވެ އެވެ.

މީގެ ތެރެއިން ސެޓްފިކެޓް ލެވެލް 3 ގެ ހޮސްޕިޓާލިޓީ އޮޕަރޭޝަންސް ކޯހާއި ޑިޕްލޮމާއިން އާލީ ޗައިލްޑްހުޑް އާއި އައިޓީގެ ޑިގްރީ ކޯހާއި މާސްޓާޒް އިން އެޑިޔުކޭޝަން ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ ބްލޮކް މޯޑަށެވެ.

ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަހުގައި އަންނަ އަހަރު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެ ކެމްޕަހުގައި މިހާރުވެސް ސެޓްފިކެޓް ލެވެލް އާއި ފައުންޑޭޝަންއާއި ޑިގްރީ އަދި މާސްޓާޒް ލެވެލްގެ ކޯސްތައް ކުރިއަށް ގެންދެއެވެ.

މި ކޯސްތަކަށް ވަނުމަށް ދޫކުރާ އެޕްލިކޭޝަން ފޯމު އެ ކެމްޕަހުން ލިބެން ހުންނާނެ ކަމަށް ވެސް އެތަނުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.