ޑރ އަސީލް އަދި ޑރ ރަޝީދު އޭދަފުށީ މެޑިކަލް ސެންޓަރަށް

 MED

އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު އަސީލް ޖަމީލް އާއި ސްކޭން ޑޮކްޓަރު އިބްރާހިމް ރަޝީދު ބ. އޭދަފުށީ މެޑިކަލް ސެންޓަރުގައި ބަލިމީހުން ބަލަން ހަމަޖެހިފައިވާ ކަމަށް އެ ކްލިނިކުން ބުނެފި އެވެ.

އޭދަފުށީ މެޑިކަލް ސެންޓަރުން ބުނީ އައިޖީއެމްއެޗުގެ ގައިނަކޮލޮޖީ ޑިޕާޓްމަންޓްގެ ހެޑް ޑޮކްޓަރު އަސީލް ޖަލީލު އަދި ސްކޭން ޑޮކްޓަރު އިބްރާހިމް ރަޝީދު މިމަހު 20 އަދި 21އަށް އެ ކުލިނިކުގައި ކުރިއަށްދާ ކޭމްޕަގައި ބަލިމީހުން ބައްލަވާނެ ކަމަށެވެ.

“މި ކޭމްޕަގައި އަންހެނުންގެ ބަލިތަކަށް ފަރުވާދެއްވުމުގައި ތަޖުރިބާކާރު ޑރ އަސީލް އަންހެނުންނަށް ދިމާވާ. ތަފާތު ބަލިތަކަށް ފަރުވާ ދެއްވާނެ، ހަމައެއާއެކު މި ކޮލިނިކުން ސީދާ ރޭޑިއޮލޮޖިސްޓް ޑރ އިބްރާހިމް ރަޝީދުވެސް އެ ދުވަސްތަކުގައި ސްކޭން ކުރުމުގެ ހިދުމަތް ކުރިއަށް ގެންދަވާނެ، އެ ޕޮއިންޓްމެންޓު ހަދަން ބޭނުންވާ ފަރާތްތަކުން 7523242 ގުޅުއްވަމުން ގެންދަވަންވީ،” އޭދަފުށީ މެޑިކަލް ސެންޓަރުގެ ހެޑް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ކޭމްޕަގައި ބްރެސްޓް ސްކޭން، ތައިރޮއިޑް ސްކޭން، ސްކްރޫޓަލް ސްކޭން، ބަލިވެއިނުމުން ހަދަންޖެހޭ ހުރިހާ ސްކޭނެއްގެ އިތުރުން ވަރަށް ގިނަސްކޭންތައް ހަދައިދޭނެ އެވެ.

އޭދަފުށީ މެޑިކަލް ސެންޓަރުގެ ޚިދުމަތް ލިބެމުންދާނީ މިރަށު “ސައްކެޔޮ” ގޭގައެވެ. އެ ސެންޓަރުން ބުނިގޮތުގައި މިފަދަ ކޭމްޕްތައް ބާއްވަނީ ކުޑަހަރަދަކުން މިއަތޮޅުގެ ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ސްޕެސަލިސްޓުންގެ ހިދުމަތް ދިނުމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. baa

    ފަރުވާ ލިބުމަކީ ބަލިމީހާ އިތުރުތާކަށް ނުގޮސް އެތަނަކުން ހުރިހާ ހިދުމަތެއް ލިބުން ..ހަމައެކަނި ބަލާލުމަކުން ނުފުދޭ..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.