އެކުވެރިކަމުގެ މެޗެއްގައި އޭދަފުއްޓާއި ބައްދަލުކޮށް ދަރަވަންދޫ މޮޅުވެއްޖެ

މިއަދު ކުޅުނު މެޗުގެ ތެރެއިން /- އީޓީ ފޮޓޯ: އަލީ ޝަހީމް
މިއަދު ކުޅުނު މެޗުގެ ތެރެއިން /- އީޓީ ފޮޓޯ: އަލީ ޝަހީމް

ބ. އެޓޯލް ފުޓްބޯލް ޗެލެންޖަށް ތައްޔާރުވުމުގެ ގޮތުން މިއަދު އޭދަފުއްޓާއި ދަރަވަންދޫ ބައްދަލުކުރި މެޗް 1- 0 ގެ ނަތީޖާއަކުން ދަރަވަންދޫ ކާމިޔާބު ކޮށްފިއެވެ. އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗްގެ ހަމައެކަނި ގޯލް މެޗްގެ ދެވަނަ ހާފްގައި ޖަހާފައި ވަނީ ސާމިހު ޢަލީ ޝަރީފް އެވެ.

މުހިއްމު ގިނަ ކުޅުންތެރިތަކަކާއި ނުލައި ކުޅެމުންދިޔަ އޭދަފުށީ ޓީމުން ވަނީ މި މެޗްގައި ގިނަވަގުތު ބޯޅަ ހިފަހައްޓައި މޮޅަށް ކުޅެފައެވެ. އަދި ގޯލް ޖަހަން ރަނގަޅު ފުރުޞަތުތަކެއް އެޓީމަށް ލިބިގެން ދިޔައެވެ. މުހިއްމު ކުޅުންތެރިންތަކެއް ނުލާ ކުޅެމުންދިޔަ ދަރަވަންދޫ ޓީމްގެ ރޭވުންތެރިކަން މި މެޗްގައި ފާހަގަވެގެން ދިޔައެވެ. މެޗް ނިމެން 5 މިނެޓަށް ވެފައިވަނިކޮށް އޭދަފުށީ ޓީމްގެ ބަދަލު ކީޕަރ އަފްޒަލް އިބްރާހިމް (އަފޫ) އަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މި މެޗްގައި އޭދަފުށީ ޓިމަށް ޒުވާން ގިނަ ކުޅުންތެރިންތަކެއް ކުޅެފައިވެއެވެ.

ބ. އެޓޯލް ފުޓްބޯލް ޗެލެންޖް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުއެވެ. މުބާރާތް ހުޅުވާ މެޗްގައި ބައްދަލުކުރާނީ ގްރޫޕް ބީގައި ހިމެނޭ ކުޑަރިކިލާއި ގޮއިދޫއެވެ. މި ގްރޫޕްގައި ދެންހިމެނެނީ ކިހާދޫ އެވެ. ގްރޫޕް އޭގައި ހިމެނެނީ ފެހެންދޫ، ދަރަވަންދޫ، ދޮންފަނު އަދި އެންމެ ފަހުގެ ޗެމްޕިއަން އޭދަފުއްޓެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ނާފިިޒް

    އޭދަފުށި ޓީމުގައި ކުޅުނީ މުހިމު ކުޅުންތެރިން ނެއްނޫންތައް ،އެއީ ބާކީބައެއްދޯ،،، ބަލިވީމަ ކޮންމެސް އުޒުރެއް ދައްކާނެ،.. އެއްކޮޅުގަ 11ކުޅުންތެރިންތަ އަނެއްކޮޅުގަ 5 ކުޅުންތެރިންތައް،، ޕްލީޒް ހަޖަމް

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.