ދިރާގާއި ފެމިލީ ސެންޓަރު ގުޅިގެން ހިތާދޫގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

ދިރާގާއި ފެމެލީ ސެންޓަރު ގުޅިގެން ހިތާދޫގަިއ ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން- ފޮޓޯ / ދިރާގު
ދިރާގާއި ފެމެލީ ސެންޓަރު ގުޅިގެން ހިތާދޫގަިއ ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން- ފޮޓޯ / ދިރާގު

ދިރާގު އޭދަފުށީ އޮޕަރޭޝަން ސެންޓަރާއި ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރު ގުޅިގެން ބ. ހިތާދޫގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި އެވެ.

އެގޮތުން އިއްޔެ އެރަށުގައި ވަނީ “ގެވެށި އަނިޔާ ހުއްޓުވުން – އެންމެންގެ ޒިންމާއެއް” މިނަމުގައި ބޭއްވުނު ވޯކްޝޮޕެއްގެ އިތުރުން ޢާއިލީ ހަވީރެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ފެމެލީ ސެންޓަރުން ބުނިގޮތުގައި ހިތާދޫ ޤުރުއާނާ ބެހޭ މަރުކަޒުގެ ހޯލްގައި ކުރިއަށް ގެންދެވުނު ވޯކްޝޮޕްގައި ގެވެށި އަނިޔާ އަކީ ކޮބައިކަމާއި، އެފަދަ އަނިޔާއެއް ލިބުމުން ޢަމަލުކުރަންވީ ގޮތްތައް ބައިވެރިންނަށް ވަނީ ކިޔައިދީފަ އެވެ. އަދި އެފަދަ އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޤާނޫނުން ލިބިދޭ ރައްކާތެރިކަމާއި، ނަގަންޖެހޭ ޒިންމާ އާއި ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތުވެސް ފޯރުކޮށްދީފައިވާ ކަމަށް އެ ސެންޓަރުން ބުންޏެވެ.

ދިރާގާއި ފެމެލީ ސެންޓަރު ގުޅިގެން ހިތާދޫގަިއ ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން- ފޮޓޯ / ދިރާގު
ދިރާގާއި ފެމެލީ ސެންޓަރު ގުޅިގެން ހިތާދޫގަިއ ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން- ފޮޓޯ / ދިރާގު

މީގެ އިތުރުން ގެވެށި އަނިޔާގެ ޢަމަލު ހިންގާ މީހުންނަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވާ އަދަބުތަކާއި މިފަދަ ކަންކަން ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވިފައިވާ ވާކަމަށް އެ ސެންޓަރު ބުނެއެވެ.

“މި ވޯކްޝޮޕް ކުރިއަށް ގެންދިއުމުގެ މަޤްސަދަކީ ގެވެށި އަނިޔާ އާއި ގުޅޭގޮތުން ދެ ޖިންސުގެ ބައިވެރިންވެސް ހޭލުންތެރި ކުރުވުން،” ފެމެލީ ސެންޓަރުން ބުންޏެވެ.

އިއްޔެ ހަވީރު ހިތާދޫ ބަނދަރު ސަރަހައްދުގައި ކުރިއަށް ގެންދެވުނު “ޢާއިލީ ހަވީރު” ގައި ކުޑަކުދިންނާއި ޢާއިލާތަކަށް ހާއްސަ ސްޓޯލްތަކާއި، ޢާއިލާތަކަށް ބައިވެރިވެވޭ ކުޅިވަރު ހަރަކާތްތަކާއި، ހިތާދޫ ޔޫތް ވިންގު ޖަމިއްޔާގެ ބޮޑުބެރުގެ އައިޓަމްތައް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި ހަރަކާތްތަކުގައި ބައިވެރިވެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ދިރާގުގެ ފަރާތުން ހުށަހަޅާފައިވާ އިނާމް ދިނުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ހަވީރުން ފާހަގަ ކުރެވުނު ނަމޫނާ ޢާއިލާއަށް ދިރާގުގެ “ބޮޑު ހަދިޔާ” ދިނުންވެސް ބާއްވާފައިވާކަމަށް އެ ސެންޓަރުން މަޢުލޫމާތުދެ އެވެ.

މި ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ބ. ހިތާދޫ ކައުންސިލާއި، ޔޫތްވިންގު ޖަމިއްޔާގެ އެހީތެރކަން ވަރަށް ބޮޑަށް ލިބިގެންދިޔަކަމަށް ދިރާގާއި ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. waadey

    ފެމިލީ ސެންޓަރުން މިހާރު މަސައްކަތް ކުރާލެއް މަދު ކަމަށް ފާހަގަކުރެވޭ. އެއީ ކުރިން ނޫހަށް އަރާނެ ވަރަށް ގިނަ ޕްރޮގްރާމްތައް ކުރިއަށް ގެންދާ ވާހަކަ. އެކަމު މިހާރު ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގާލެއް މަދުކަމަށް އަޅުގަނޑަށް ގަބޫލު ކުރެޥޭ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.