ވިލާ ކޮލެޖަށް އޭސީޔޫގެ މެންބަރުކަން ލިބިއްޖެ

ވިލާ ކޮލެޖް: އެ ކޮލަޖަކީ އޭސީޔޫގެ މެންބަރުކަން ލިބުނު ރާއްޖޭގެ ފުރަތަމަ ކޮލެޖް--
ވިލާ ކޮލެޖް: އެ ކޮލަޖަކީ އޭސީޔޫގެ މެންބަރުކަން ލިބުނު ރާއްޖޭގެ ފުރަތަމަ ކޮލެޖް–

 

ދުނިޔޭގެ އެންމެ ފުރަތަމަ އަދި އެންމެ ގިނަ ދުވަސްވީ ބައިނަލް އަގްވާމީ ޔުނިވާސިޓީ ނެޓްވޯކް، ދަ އެސޯސިއޭޝަން އޮފް ކޮމަންވެލްތް ޔުނިވާސިޓީ (އޭސީޔޫ)ގެ މެންބަރަކުން ވިލާ ކޮލެޖަށް ލިބިއްޖެ އެވެ.

މިއީ އެ އެސޯސިއޭޝަންގެ މެންބަރުކަން ރާއްޖޭގެ މަތީ ތައުލީމު ދޭ މުއައްސަސާއަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

ވިލާ ކޮލެޖްގެ ޑިރެކްޓަރު އޮފް ޑިވެލޮޕްމަންޓް އެންޑް އެންޓަޕްރައިސް މުހައްމަދު އަޒީމް ހާރޫން ވިދާޅުވީ، އޭސީޔޫގެ މެންބަރު ކަމަށް ކުރިމަތިލައިގެން އެ އެސޯސިއޭޝަންގެ ކްރައިޓީރިއާތަކަށް ބެލުމަށްފަހު މެންބަރުކަން ވިލާ ކޮލެޖަށް ދީފައި ވަނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ.

އެގޮތުން، އޭސީޔޫގެ މެންބަރަކަށްވުމުގެ ސަބަބުން އެ އެސޯސިއޭޝަންގެ މެންބަރުންގެ ގޮތުގައި ތިބި ޔުނިވާސިޓީތަކާއެކު ދަރިވަރުންނާއި ސްޓާފުން އެކްސްޗޭންޖް ޕްރޮގްރާމްތަކާއި ރިސާޗް ޕްރޮގްރާމްތައް ހިންގުމުގެ މަގު އިތުރަށް ތަނަވަސްވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“މެންބަރު ޔުނިވާސިޓީތަކުން ހުޅުވާލާ ސްކޮލޮޝިޕްތަކާއި ގްރާންޓްތައް ވިލާ ކޮލެޖުގެ ދަރިވަރުންނަށް ލިބިގެންދާނެ. އަދި ބައިނަލްއަގްވާމީ މަޝްހޫރު ޔުނިވާސިޓީތަކާ އޮންނަ ގުޅުން ބަދަހިވެގެންދާނެ،” އަޒީމް ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ ރާނީ، ކުއީން އެލިޒަބަތް ދޭއް ގެ ހިންގުމުގެ ދަށުން ކުރިއަށްދާ އޭސީޔޫ ގާއިމްވެގެން ގޮސްފައިވަނީ 1913 ވަނަ އަހަރު އެވެ. އަދި އެ އެސޯސިއޭޝަންގެ ގެ މެންބަރުންގެ ގޮތުގައި ކޮމަންވެލްތް ގައުމުތަކުގެ ތެރެއިން 37 ގައުމެއްގެ 535 ޔުނިވާސިޓީއެއް ހިމެނެ އެވެ.

އޭސީޔޫގެ ބައެއް މެންބަރުންގެ ގޮތުގައި ދުނިޔޭގެ މަޝްހޫރު އަދި ފާހަގަކޮށްލެވޭ ޔުނިވާސިޓީ އޮފް ކެބްރިޖާއި ޔުނިވާސިޓީ އޮފް އޮކްސްވާޑާއި ޔުނިވާސިޓީ އޮފް ލަންޑަނާއި ޔުނިވާސިޓީ އޮފް މެލްބޯން ގެ އިތުރުން ނެޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޯ ފަދަ ޔުނިވާސިޓީތައް ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.