
އޭދަފުށީގައި މިއަހަރުތެރޭ ފުޓްބޯޅަ ސްޓޭޑީއަމެއް އަޅައިދެއްވާނެކަމަށް ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައި ވަނީ އޭދަފުށީގައި ފުޓްބޯޅަ ދަނޑެއް އެޅޭނެ އެއްވެސްގޮތެއް ނެތްތޯ މިރަށު ޒުވާނަކު ކޮށްފައިވާ ޓްވީޓެއްގެ ޖަވާބުގަ އެވެ.
@edddiii10 Nope. Eydhafushi stadium will be done this year Insha Allah. Already collaborating with the Council. Thanks. — Mohamed H. Shareef (@mundhu_maldives) January 5, 2013
މިނިސްޓަރު ޓްވީޓްގައި ވިދާޅުވީ ރަނގަޅު ފެންވަރުގެ ބޮޑު ދަނޑެއް އެޅުމާބެހޭގޮތުން ރަށުކައުންސިލާ ގުޅިގެން މަޝްވަރާ ކުރައްވަމުންދާ ކަމަށެވެ. މިނިސްޓަރުގެ ޓްވީޓްގައި މިހެންވިދާޅުވެފައި މިވަނީ ވިޔަފާރި އުސޫލުން އޭދަފުށީގައި އިންޓަނޭޝަނަލް ޓާފް ފުޓްބޯޅަ ދަނޑަކާ، ފުޓްބޯޅަ ޓްރޭނިންގ ސެންޓަރެއް ގާއިމްކުރުމަށް އަމިއްލަ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް އޭދަފުށި ކައުންސިލުން ހާމަކޮށްފައިވެސް ވަނިކޮށެވެ. ނަމަވެސް ވިޔަފާރިއުސޫލުން އިންޓަނޭޝަނަލް ޓާފް ފުޓްބޯޅަ ދަނޑެއް އެޅުމަށް ހުޅުވާލުމަށް ކައުންސިލަށް ހުށައެޅުނު ހުށައެޅުމަށް ތާއީދު ނުލިބިގެން އެހުށައެޅުން ކައުންސިލުން ވަނީ ބޭރުކޮށްލައިފަ އެވެ. ފުޓްބޯޅައަށް މަރުދޭ ޒުވާނުންތަކެއް ދިރިއުޅޭ އޭދަފުށިން ރާއްޖޭގެ ގައުމީ ފެންވަރުގެ މޮޅު ކުޅުންތެރިންތަކެއް އުފެދިފައިވާއިރު އޭދަފުށީގައި އެކަށީގެންވާ ދަނޑެއް ނެތުމުގެ ޝަކުވާ މި ދާއިރާގެ ގިނަބަޔަކު އަބަދުވެސް ކުރެއެވެ.
Rashu Soru ގާތުބުނެލަން ބޭނުންވަނީ ކުޑަކުދިންގެ ޕާކެއްހަދަން މައުމޫނު އޭދަފުށީ ގައި ކަޑައެއް ޖެހިޔޭ. އެކަޑަ ޖަހާފައިވަނީ ޕެޓްރޯލް ތާންގީއާއި ޖެހިގެން އޮތް ހުސްބިމުގައި. އެއީ 2008 ވަނަ އަހަރު. ސުކުރިއްޔާ
އެބުނާ 30 އަހަރު ބ.އޭދަފުށީގައި (ހަޖަމު ނުކުރެވޭ އެހެން ރަށްރަށުގެ އެކުވެރިންގެ ނަމުންނަމަ ”ބަތްޕެންފުށީގައި) ނުކުރާ އެެއްވެސް ކަމެއްގައި ކަޑައެއްޖެހިތޯ އަޅުގަނޑު އީޓީއާއި އަދި ކިޔުންތެރިންނާއި ސުވާލުކޮށްލަން ބޭނުން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އަދި ފެންނަންހުރި މަންޒަރުތަކުން އިތުރަން ތިރަށުގައި ޖަހާނެ މާގިނަ ކަޑައެއް ހުރިހެނެއް ހިއެއްނުވޭ އެހެނޫންތޯ؟؟ ނަފުރަތު ކުރިޔަސް ރުޅިއަޔަސް ހިތްހަމަނުޖެހުނަސް ފެންނަންހުރި ހަޤީޤަތްވާނީ ޙަޤީޤަތައް. އެއް ބަދަލެއް ނުކުރެވޭނެ ދެއްތޯ؟ ޤަޢުމީ ނަޒަރަކުން ވިސްނާލާއިރު ރާއްޖޭގައި މީހުން ދިރިއުޅޭ 200 އެއްހާ ރަށުގެ ތެރެއިން ތިރަށަށް ކޮށްދިން ކަންތައް ކޮށްދިން އެއްވެސް ރަށެއް މިޤައުމުގައި ނޯންނާނެ. ދުނިޔޭގެ އެއްވެސް ޤައުމެއްގައި އެޤައުމެއްގެ ވެރިކަން ކުރާ ރަށާއި އެހެން ރަށްތަކާއި ތަފާތުވާނެ، އެގޮތުން މާލެއާއި ތިރަށާއި ތަފާތުވާންޖެހޭނެ އަދި ކުޑަ މާލެ ކަމަށްވިޔަސް ދެއްތޯ؟ އަދި މާލޭގައި ދިރިއުޅޭ މީހުންގެ އާބާދީއަށް ބަލާއިރު މާލޭގައި މިޤައުމުގެ ތިންބައިކުޅަ އެއްބާއި މީހުން ދިރިއުޅެނީ. އަޅުގަނޑު އުންމީދު ކުރަނީ މިކޮމެންޓް ހުރިހާ ބޭފުޅުންވެސް ޕޮޒެޓިވްކޮށް ނަގާނެކަމަށް. އަޅުގަނޑުވެސް އެދެނީ ވީއެންމެ އަވަސް ފުރުސަތެއްގައި ދަނޑުވެސް އެޅި ޒުވާނުންނަށް އެފުރުޞަތު ލިބިގެންދިއުން. ޝުކުރިއްޔާ. ވައްސަލާމް އަލައިކުމް.
ތިކަހަލަ ފޮނި ވާހަކަ ތަކަކަކަށް މިހާރަކު އެއްވެސް ޝައުޤުވެރިކަމެއް ނެތް!
molhu vaahaka haththtaa ves
ސްޓޭޑިއަމެއް ނޭޅިއަސް ދަނޑެއް އަޅާލަދިނަސް އޯކޭ
ކޮން ދުވަހަކުންބާ ތި ކަމުގެ އަމަލީ މަސަތްކަތް ފެށޭވަރުވާނީ..؟
ޓްވީޓްގައި ފުޓްބޯޅަދަނޑެއެ އަޅަނީ ކަންނޭގެ. މިހާރު ތިހެން ބުނާހާ އެއްޗަކަށް ހެއްލިގެން ތިބޭނީ މޮޔައިން. ދަނޑުއަޅާފައި ނިކަންދައްކަބަލަ. އޭރުން ގަބޫލު ކުރާނީ… މީ އެއްކަލަ ކަޑަޖެހި ޒަމާނެއްނޫނޭ…