އަތޮޅު ބަށިމުބާރާތް ފަސްކޮށްފި

 

ބަށީ ކުޅެނީ.
ބަށީ ކުޅެނީ.

 

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ބ. އަތޮޅު ކައުންސިލުން ނިންމާފައިއޮތް “ބ. އަތޮޅު ކައުންސިލުގެ ބަށި މުބާރާތް” މުބާރާތް ފަސްކޮށްފި އެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ މުބާރާތް ފަސްކުރީ މުބާރާތުގެ ބައެއް ތައްޔާރީތައް ނުނިމޭތީއާއި އިތުރު ރަށްރަށަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

މި މުބާރާތް މިހާރު ބާއްވަން ޝެޑިއުލްކޮށްފައި ވަނީ އަންނަ ޑިސެމްބަރު 15 ގަ އެވެ. އަދި މުބާރާތް ފަސްކުރުމާ އެކު ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން ކުރިން މި މަހު 13 އާ ހަމައަށް އޮތް ފުރުސަތު މިހާރު ވަނީ މި ޑިސެމްބަރު 1 އަށް އިތުރުކޮށްފަ އެވެ.

އަތޮޅުގެ ބައެއް ރަށަރަށުން މި މުބާރާތަށް ވަރަށްބޮޑަށް ތައްޔާރުވެ އަދި ފޯރި ހިފާފައި އޮއްވާ މުބާރާތް ފަސްކުރުމާ ގުޅިގެން ބައެއް ރަށްރަށުގެ ޓީމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މުބާރާތުގައި ވާދަކުރާ ގޮއިދޫ ބަށި ޓީމުގެ އޮފިޝަލަކު ބުނީ ބޮޑު ޚަރަދުކޮށް ކޯޗުން ރަށަށް ގެނަސް، އަދި ރާއްޖޭގެ މޮޅުތި ބަށި ކުޅުންތެރިންނާ ކޮންޓެކްޓް ހަދާ ނިންމާފައިވާ ކަމަށެވެ.

“އަތޮޅުކައުންސިލުން މުބާރަތެއް ބާއްވާނެ ދުވަހެއް ކަނޑައަޅާއިރު އެ ދުވަހަށް އެބޭފުޅުން ތައްޔާރުވާން ޖެހޭނެ، ބަށި ފައުންޑޭޝަން ޖަވާބެއް ނުދީގެން ލަސްކުރަން ޖެހުނީޔޭ، ސްޕޮންސާ އަދި ޓްރޮފީ ނުހެދިގެން ލަސްކުރީޔޭ ބުނެވޭކަށް ކައުންސިލަކަށް ޖާގައެއް ނެތް، މިއީ ދުރާލާ ރޭވިގެން ބާއްވާ މުބާރާތެއް ކަމަށް ވަންޏާ އެ ދުވަހަކަށް އެބޭފުޅުން ތައްޔާރުވާންޖެހޭ،” އޭނާ ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. jaabiru

    މައަހާލިން އެބުނާ، ކައުންސިލާރުންގާތު، ވާވާ، ކަލޭމެންތިބާއްވަންއުޅޭ ބަށި މުބާރާތްނުބާއްވަނީހޭ، ކިހިނަކުންހޭތިހަދަނީ ، އަޅެއަޅެ މިހާރު މީހުންތައް ފޫހިވެއްޖޭ، ކަލޯބުނަންތަ. އެމީހުންކަމަކީ މިތާއަތިރީގަހުންނަ ފޮޓަލުން ސާބުއިން، އެކަން އެމީހުނަށް ކުރެވޭނެ، ކުރީދުވަހުވެސް އޭގެން މީހަކާ ދިމާވެގެން މަބުނިން އަޅެއަޅެކީތްކުރަނީހޭ އަބަދުމިފޮޓަލުގަ، އަޅައްނުލި،،،،،،،،،،،،،،،

    ރައްދު
  2. naseerubey

    އަޅުގަނޑު ގޮވާލަން ބަށި ޓީމްތަކަށް ” އަތޮޅުކައުންސިލުން ބަށި މުބާރަތް ބާއްވާނެ ކަމަށް އުއްމީދު ނުކުރާށޭ…އެކަމެއް ނުވާނެ ތިމާމެންނަށް ވާނޭ ކިޔައިން ހުރިހާ ކަމެއްވެސް ކުރަން އުޅޭނެ…. ޑިސެމްބަރު 15 ގެ ފަހުން ތިމުބާރަތް ބާއްވާނެ ރަށެއް ފައިނަލް ނުވީޔޭ ކިޔާފަ އެކަން ހުއްޓާލާނީ ،ކޮންމެ ކައުންސިލަރަކުވެސް ބޭނުންވާނީ އެ މީހެއްގެ ދާއިރާގެ ރަށެއްގައި ބާއްވަން ، ލަދުން ބޯ ހަލާކު ………..ވަރަށް ބޮޑަށް ޝުކުރިއްޔާ!!!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.